ބިޒް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ބޮޑު ބަދަލެއް، ދިރާގު ކަސްޓަމަރުންނަށް އަނެއްކާވެސް އުފާވެރިކަން!

ރާއްޖޭގެ މުވާސަލާތީ އެންމެބޮޑު ކުންފުނި، ދިރާގުގެ ކަސްޓަމަރުންނަށް އަނެއްކާ ވެސް އުފާވެރި ޚަބަރެއް އެ ކުންފުނިން ދީފި އެވެ.

އެގޮތުން އެ ކުންފުނިން ވަނީ ބިޒް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ޖުލައި މަހުން ފެށިގެން ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

އިޝްތިހާރު Below Header ad

ދިރާގުން ބުނީ މި ބަދަލުތަކާއެކު މިހާރު ބިޒް ފައިބަރ ޚިދުމަތުން ކުރިއަށްވުރެ ގިނަ ކަންތައްތައް ކަސްޓަމަރުންނަށް ކުރެވޭނެ ކަމަށެވެ.

އެގޮތުން އިތުރު ޚަރަދަކާ ނުލާ 40 އިންސައްތަ އާއި 15 އިންސައްތަ އާ ދެމެދުގެ ޢަދަދަކަށް އިތުރު ޑޭޓާ އަދި ބައެއް ކަސްޓަމަރުންނަށް 100 އިންސައްތަ އާ ހަމައަށް އިތުރު ސްޕީޑް ވެސް ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގު ބިޒް ފައިބަރ ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުން ޕެކޭޖަށް އައިސްފައިވާ ބަދަލުތައް ދިރާގު ވެބްސައިޓުގައިވާ “ޕެކޭޖް ޗެކަރ” އިން ބަލައިލެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގު ބިޒް ފައިބަރ ޚިދުމަތަކީ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އެންމެ ރަނގަޅު ސްޕީޑް، އެންމެ ގިނަ އެލަވަންސް އަދި އެ އެލަވަންސަށް ލިބޭ އެންމެ ހެޔޮ އަގުގައި ފޯރުކޮށްދޭ އިންޓަރނެޓް ޚިދުމަތެވެ.

އެގޮތުން ދިރާގު ބިޒް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަކީ އެންމެ ކުދި ވިޔަފާރިތަކުން ފެށިގެން އެންމެ ބޮޑު ވިޔަފާރިތަކުގެ އިންޓަރނެޓް ބޭނުންތަކަށްވެސް އެކަށީގެންވާ ގޮތަށް ފަރުމާކޮށްފައިވާ ޕެކޭޖެތައް ހިމަނާފައި ވެއެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި ވިޔަފާރިތަކަށް ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ. އަދި ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކް ވެސް މެއެވެ.

އެގޮތުން ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް މިހާރު މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފަ އެވެ.

ދިރާގުގެ މަޤްސަދަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުމަށް ފާގަތިކަމާއި ތަނަވަސްކަން ގެނެސްދީ، ކަސްޓަމަރުންގެ ބޭނުންތަކާއި އެއްގޮތަށް ޕެކޭޖްތައް ފުރިހަމަކުރަމުން ގެންދިޔުން ކަމަށް އެ ކުންފުނިން އަންނަނީ ބުނަމުން ނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.