ކާރެއްގެ ތެރޭގައި ބަންދުވެ 8 އަހަރުގެ ކުއްޖަކު މަރުވެއްޖެ

ޔޫ.އޭ.އީގެ ޝާރްޖާހގައި 8 އަހަރުގެ ކުޑަ ފިރިހެންކުއްޖަކު ކުޅެން އުޅުމުގެ ތެރޭގައި އަމިއްލައަށް ކާރެއްގެ ތެރޭގައި ބަންދުވެ ހޫނު ގަދަވެގެން މަރުވެއްޖެއެވެ.

ޝާރްޖާހްގެ ފުލުހުންނާއި ހަވާލާދީ އަލްއަރަބިއްޔާގައި ބުނެފައިވާ ގޮތުގައި، ކުޑަ ކުއްޖާ ތާށިވެފައި ވަނީ އަވައްޓެރިއެއްގެ ކާރު ތަޅުނުލާ ހުއްޓާ އޭގެތެރެއަށް ވަދެ، ކުޅެއްއުޅުމުގެ ތެރޭގައި އަމިއްލައަށް ތަޅުލެވި، ކާރުތެރޭގައި ހޫނު ގަދަވެގެންނެވެ. މިހާދިސާ ހިނގާފައި ވަނީ ފާއިތުވި ޖޫންމަހުގެ 27 ވަނަ ދުވަހުއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ހޫނުމިން 43 ޑިގްރީއަށް ހުރިއިރު ކުއްޖާ ކާރުތެރޭގައި އެތައް ގަޑީރެއް ވަންދެން ތަޅުލެވިފައި ހުއްޓެވެ.

އިޝްތިހާރު Below Header ad

ކުއްޖާއަކީ އޭޝިޔާ ދަރިކޮޅަށް ނިސްބަތްވާ ކުއްޖެކެވެ، އަދި އެކުއްޖާއާއި ބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މިމަރާއި ގުޅޭގޮތުން ފުލުހުން އެއްވެސް މީހަކަށް ޝައްކުކޮށްފައެއް ވެސް ނުވެއެވެ.

މިހާދިސާއަށް ފަހު ކާރު ގެންގުޅޭ ކޮންފެ މީހަކުވެސް ކާރު ޕާކުކޮށްފައި ދާއިރު ތަޅުލާފައި ދިއުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.