ޚަބަރު ފީތާ

މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ ދަންވަރު ފެނުގެ ޚިދުމަތް ކެނޑޭނެ!

ފައިލް ފޮޓޯ

މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ ދަންވަރު ފެނުގެ ޚިދުމަތް ކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ފެނުގެ ޚިދުމަތް މެދުކަނޑާލަން ނިންމާފައިވަނީ މިރޭ 11 އިން މިރޭ ފަތިހު 4 ޖަހަންދެން ކަމަށެވެ.

އެގޮތުން އިއްޒުއްދީނުމަގާއި ހަނދުވަރީ ހިނގުމާއި ދެމެދުން ފްލޫނިޔާ މަގުގައި ހިމެނޭ ސަރަހައްދުގެ ހުރިހާ ގޭބިސީއަކުން އެވަގުތުގައި ފެން ކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

އެ ކުންފުނިން ބުނީ ފެން ކަނޑާލަނީ މާލޭ ސިޓީ ކައުންސިލުން ކުރިއަށްގެންދާ “ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް”ގެ ދަށުން މިހާރު މަސައްކަތް ކުރަމުން އަންނަ ސަރަހައްދުގެ ފެންހޮޅި ގުޅާލުމުގެ މަސައްކަތް ކުރުމުގެ ގޮތުން ކަމަށެވެ.

ފެނުގެ ޚިދުމަތް މެދުކެނޑިފައިވާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެކުންފުނިންވަނީ މަޢާފަށް އެދިފަ އެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ ދަންވަރު ފެނުގެ ޚިދުމަތް ކެނޑޭނެ!"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.