އޮޑިޓަރ ޖެނެރަލްގެ މަގާމަށް ހުސެއިން ނިޔާޒީ އައްޔަން ކުރުމަށް ފާސްކޮށްފި
އޮޑިޓަރ ޖެނެރަލްގެ މަގާމަށް ހުސެއިން ނިޔާޒީ އައްޔަން ކުރުމަށް ފާސްކޮށްފި އެވެ.
އޭނާ މިވަގުތު ހުންނެވީ އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ މަގާމުގަ އެވެ.
ހުސެއިން ނިޔާޒީ އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ މާލިއްޔަތު ކޮމިޓީން އިންޓަވިއުކޮށް ނިންމުމަށްފަހު، ކޮމިޓީގެ އިއްތިފާގުން ނެވެ.
ކުރިން އޮޑިޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒިޔާތު އިސްތިއުފާދެއްވުމާއި ގުޅިގެން އެ މަގާމަށް އައްޔަނުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިޔާޒީގެ ނަން ފޮނުއްވުމާއި ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އޭނާގެ ނަން ދިރާސާކުރުމަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.
ހަސަން ޒިޔާތު މަގާމުން އިސްތިއުފާ ދެއްވީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުން މަންފާވި ކަމަށް ތުހުމަތުވާ މީހުންގެ ލިސްޓްގައި އޭނާގެ ނަން ހިމެނުމުން ނެވެ.
ޒިޔަތު މަގާމުން އިސްތިއުފާ ދެއްވީ އެއީ ތަހުޒީބީ މުޖުތަމައުގައި އަމަލުކުރާ އުސޫލު ކަމަށް ވިދާޅުވެފަ އެވެ.
މިވަގުތު އެސިސްޓެންޓް އޮޑިޓަރ ޖެނެރަލްގެ މަގާމުގައި ހުންނަވާ ހުސެއިން ނިޔާޒީ އެ މަގާމަށް އައްޔަނުކުރެވުނީ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
މިވަގުތު އޮޑިޓް އޮފީހުގެ ފައިނޭންޝަލް އޮޑިޓް ޑިވިޝަންގެ އިސްވެރިއަކަށް ވެސް ހުންނެވި ނިޔާޒީ އޮޑިޓް އޮފީހުގައި މަސައްކަތް ކުރައްވާތާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
މަގާމްތަކަ ތިފަދަގާބިލްބޭފުޅުން އަށްޔަނުކުރައްވާނަމަ އޮޑިފަރަށް ނާރާނެ