އެމްޕީއެލްގެ މެންޑޭޓް ހަރުދަނާކޮށް، ޕޯޓުތައް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި

އެމްޕީއެލްގެ މެންޑޭޓް ހަރުދަނާކޮށް، ޕޯޓުތައް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެ ކުންފުނިން ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ޓްރާންސްޕޯޓް ސެކްޓަރއާ ވަކިވެގެން މިދަނީ، ކުންފުނީގެ މެންޑޭޓުގައި ހުރި މަސައްކަތް އިތުރަށް ހަރުދަނާކޮށް ފުޅާ ކުރުމަށް ކުންފުނީގެ ތަސައްވުރުގައި އެބަހުރި ކަމަށެވެ.

އިޝްތިހާރު Below Header ad

“އެގޮތުން މާލޭ ކޮމަރޝަލް ހާބަރުގައި ދެވޭ ޚިދުމަތްތައްކާއި ހުޅުމާލޭ ޓަރމިނަލްގައި ދެވޭ ޚިދުމަތްތަކާއި ކުޅުދުއްފުށީ ޕޯޓުން ދެވޭ ޚިދުމަތްތަކާއި ހިތަދޫ އިންޓަރނޭޝަނަލް ޕޯޓުން ދެވޭ ޚިދުމަތްތައް ފުޅާކޮށް، މިހާރަށް ވުރެ ފުޅާ ހަރުދަނާކޮށް، އެއަށްވުރެ ރަނގަޅު މަސައްކަތްތަކެއް ކުރަން ވިސްނުން އެބަހުރި.” ޝާހިދު ވިދާޅުވި އެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ގުޅިފަޅު ޕޯޓުގެ ޕްރޮޖެކްޓަކީ މިޙާރުކުރަމުން ގެންދާ އެންމެބުރަ މަސައްކަތް ކަމަށެވެ. އަދި އެ މަސައްކަތަަށް އެނބުރިގަންނަ އިރު، ފޯކަސް އެދިމާލަށް ވެސް ދާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާއެކު އެމްޕީއެލްގެ މަސައްކަތްތައް ބަދަލުވެގެންދާނީ މުޅިން ތަފާތު މާހައުލަކަށް ކަމަށާއި އެ ތަނުގައި ޒަމާނީ ޓެކްނޮލިޖީގެ ވަސީލަތްތައް ބޭނުންކުރެވި، މަސައްކަތްކުރާ ގޮތް ވެސް ބަދަލުވެގެންދާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި އެ މަސައްކަތަށް ތައްޔާރުވުމަށް ޓްރާބްސިޗަން ޕީރިއަޑުގައި ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.