ޔޫރޯ 2020: ޔޫކްރޭން ބަލިކޮށް އިންގްލެންޑް ސެމީއަށް

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ޔޫކްރޭން ބަލިކޮށް އިންގްލެންޑް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

އިޓަލީގެ ރޯމުގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުން އިންގްލެންޑް މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ކޭން ވަނީ އިންގްލެންޑަށް ދެ ލަނޑު ޖަހައިދިީފައެވެ.

އިޝްތިހާރު Below Header ad

މެޗުގައި އިންގްލެންޑުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ހަތަރުވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ރަހީމް ސްޓާލިން ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭންއެވެ. އޭގެ ފަހުން ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމަށްވެސް ލަނޑު ޖަހަން މާކަ އެދެވޭ ފުރުސަތެއް ލިބިފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފް އިންގްލެންޑުން ނިންމާލީ ލީޑުގައި އޮވެއެވެ. އިންގްލެންޑުން އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 46 ވަނަ މިނެޓުގައި ޖެހިިއުރ، މި ލަނޑު އެޓީމަށް ޖަހައިދިނީ ލޫކް ޝޯގެ އެހީތެރިކަމާއެކު ޑިފެންޑަރު ހެރީ މެގުއާއެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ކޭން ވަނީ އިންގްލެންޑުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ދެން މި މެޗުގައި އިންގްލެންޑުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޖޯޑަން ހެންޑަސަންއެވެ.

މި މޮޅާއެކު ސެމީ ފައިނަލަށް އިންގްލެންޑް ދަތުރުކުރިއިރު، ސެމީގައި އެޓީމު ބައްދަލުކުރަން ޖެހޭނީ ޑެންމާކާއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.