އައިޖީއެމްއެޗުގެ އޯޕީޑީގެ ޚިދުމަތް އަލުން މިއަދު ފަށައިފި
އައިޖީއެމްއެޗުގެ އޯޕީޑީގެ ޚިދުމަތް އަލުން މިއަދު ފަށައިފި އެވެ.
މި ޚިދުމަތް އަލުން ފެށުމަށް ނިންމީ މެދުކަނޑާލީ ކޮވިޑާ ގުޅިގެން ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދޭން ފަށާފައިވާތީ އެވެ.
އައިޖީއެމްއެޗުން ބުނީ މިއަދުން ފެށިގެން ހުރިހާ ޑިޕާޓްމެންޓަކުން ވެސް ބަލިމީހުން ހޮސްޕިޓަލަށް ގެންގޮސްގެން ހިންގާ އޯޕީޑީތައް ފަށާނެ ކަމަށެވެ.
މީގެ އިތުރުން ފިޒިއޯ ތެރަޕީއާއި އޮކިއުޕޭޝަނަލް ތެރަޕީ ސެޝަންތަކާއި ކުރިން އޮންލައިންކޮށް ދެމުންދިޔަ ސެންޓަރ ފޯ މެންޓަލް ހެލްތުގެ ޚިދުމަތް ވެސް ފަށާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީ ސެޝަންތައް ކުރިއަށް ގެންދިއުމާއި ރޭޑިއޮލޮޖީ ޑިޕާޓްމެންޓުން ދޭ ޚިދުމަތްތަކާއި ލެބޯޓަރީ ޚިދުމަތްތަކާއި ދުރާލާ ރާވައިގެން ކުރާ އޮޕަރޭޝަންތައް ވެސް މިއަދުން ފެށިގެން ކުރިޔަށް ގެންދާނެ ކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލުން ބުނެ އެވެ.