ކޮވިޝީލްޑު ވެކްސިންގެ ޝިޕްޕެންޓެއް ލިބިއްޖެ، ވެކްސިން ޖަހާނީ އެޕޮއިންޓްމެންޓް އުސޫލުން!
ކޮވިޝީލްޑު ވެކްސިންގެ ޝިޕްޕެންޓެއް ލިބިފައިވާ ކަމަށާއި ވެކްސިން ޖަހާނީ އެޕޮއިންޓްމެންޓް އުސޫލުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެ އިދާރާ އިން ބުނީ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުގެ ތެރެއިން 2 ވަނަ ޑޯޒް ނުޖެހިތިބި ފަރާތްތަކަށް އެޕޮއިންޓްމަންޓް އުސޫލުން މާދަމާ ވެކްސިން ދޭން ފަށާނެ ކަމަށެވެ.
ވެކްސިން ޖެހުމަށް އެޕޮއިންޓް ދެެމުން ގެންދާނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން ކުރިން ޖެހި މީހުންނަށް އިސްކަންދީގެން ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ.
މިގޮތުން މިއަހަރުގެ ފެބްރުއަރީ މަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް މާދަމާ ވެކްސިން ޖެހުމަށް އެޗްޕީއޭ އިން ގުޅަމުން ގެންދާނެ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި އެޕޮއިންޓްމަންޓް ލިބޭ ހުރިހާ ފަރާތްތަކުން ކަނޑައެޅިފައިވާ ސެންޓަރަށް ގަޑިއަށް ވަޑައިގެން ދެއްވުމަށް ސަމާލުކަން ދެއްވުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.
ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުގެ ތެރެއިން 2 ވަނަ ޑޯޒް ނުޖެހިތިބި ފަރާތްތަކަށް އެޕޮއިންޓްމަންޓް ދީގެން ވެކްސިން ޖަހަން ފެށުން: https://t.co/04ffhN61Ty
— Health Protection Agency (@HPA_MV) July 3, 2021