ޚަބަރު ފީތާ

ގދ. ތިނަދޫގައި މިއަދުވެސް 19 ކޭސް، ފިޔަވަޅުތައް ވަރުގަދަ ކުރަނީ!

ގދ. ތިނަދޫ އިން މިއަދު ވެސް 19 މީހުން ކޮވިޑަށް ޕޮޒިޓިވް ވެ، އެރަށުގައި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމައިފި އެވެ.

އެގޮތުން އެރަށު ކައުންސިލުން ބުނީ 24 ގަޑިއިރު ކާފިއު ހިންގަން ނިންމާފައިވާ ކަމަށެވެ. އަދި ގެތަކަށް ދޫކޮށްފައިވާ ހައުސް ހޯލްޑް ޕާރމިޓުތައް ވެސް ހަފުތާއަކަށް ކެންސަލް ކުރަން ނިންމާފައިވާ ކަމަށެވެ.

ތިނަދޫގައި މިހާތަނަށް 745 މީހަކަށް ކޮވިޑު ޖެހިފައިވާ އިރު، ތިން މީހަކު ވަނީ ނިޔާވެފަ އެވެ. 267 މީހުން ބައްޔަށް ފަރުވާ ހޯދަމުން އަންނަ އިރު، އެޑްމިޓް ކޮށްގެން ފަރުވާ ދެނީ އެންމެމީހަކަށެވެ.

ތިނަދޫއިން ކޮވިޑު ޖެހި 478 މީހުން ރަނގަޅުވެފައިވާ އިރު، 219 ގެއެއް ވަނީ ކަރަންޓީނުކޮށްފަ އެވެ.

އެރަށުގައި އަޅަން ނިންމާފައިވާ އިތުރު ފިޔަވަޅުތައް:

  • ކަސްރަތު ކުރުމަށް ކުރިން ދީފައިވާ ގަޑިތައް ހުއްޓާލުން
  • ސަރުކާރު އޮފީސްތަކުގައި މަދު މުވައްޒަފުން ބޭނުންކޮށްގެން ހިދުތްދިނުން
  • އަމިއްލަ ކާރުތަކުގެ ދަތުރުތައް ހުއްޓާލުން
  • ފުލުހުން ދޭ ޓައިމް ބައުންޑް ޕާމިޓް ނެތް ފަރާތްތަކުން ޓެކްސީ ކުރުން މަނާވާނެ
  • ފިހާރަތަކުން ޑެލިވަރީގެ ކުރެވޭ ވަގުތު ހެނދުނު 8 އިން ރޭގަނޑު 9 އަށް ކުޑަކުރުން
  • ކެފޭ/ ރެސްޓޯރެންޓުތަކަށް ޑެލިވަރީ ކުރެވޭ ވަގުތު ހެނދުނު 8 އިން ރޭގަނޑު 10 އަށް ކުޑަކުރުން
  • މަސްވެރިކަމަށް ފުރާ ދޯނިތައް އެނބުރި ރަށަށް އައި ނަމަވެސް, އެއްގަމަށް ނޭރޭނެ
  • ސަރުކާރުން ހުއްދަ ދީފައިނުވާ އެންމެހާ މަސައްކަތްތައް އެއް ހަފުތާގެ މުއްދަތަށް ހުއްޓާލުން
Like
Like Love Haha Wow Sad Angry
%d bloggers like this: