ބޯކޮށް ވާރޭވެހި ޖަޕާނުގެ އަމަޓީއަށް ކިސަޑާއި ފަރުބަދައެއްގެ ބައެއް ވެއްޓި ގިނަ ބަޔަކު ގެއްލިއްޖެ

ޖަޕާނަށް މިހާރު ކުރަމުންދާ ވިއްސާރައިގަ ފަރުބަދައެއްގެ ބައެއް ވެއްޓި އަމަޓީ ސިޓީގެ ގިނަ ބަޔަކު ގެއްލިއްްޖެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ ފަރުބަދައިގެ ބައިތަށް ވެއްޔާއި ކިސަޑަށް ވެގެން ސިޓީ ތެރެއަށް މަތިން ފައިބާތަނެވެ. ހާދިސާގައި އެތައް ގެއެއް ހަލާކުވެފައިވެފައިވާއިރު އަޑު އިވުނު މީހުން ބުނެފައިވަނީ އެ އެއްޗެހިތައް ފައިބާ ގަތީ ބިރުވެރި ބާރުގަދަ އަޑަކާއި އެކު ކަމަށެވެ.

އިޝްތިހާރު Below Header ad

ސިޓީގެ ކަމާ ބެހޭ ފަރާތްތަކާއި ހަވާލާދީ މީޑިއާގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި މިހާތަނަށް ފަރުބަދައިން ފޭބި ކިސަޑުތަކުގެ ދަށުގެ މަރުވެފައިވާ ދެ މީހުންގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. އަދި 20 މީހުން އަދިވެސް ނުފެންނަ ކަމަށް ބުނެފައިވެ އެވެ.

އަމަޓީ އަކީ ފަރުބަދަތުގެ ރީތިކަމުން މުއްސަނދިކަން ލިބިފައިވާ ޓޫރިސްޓުންގެ މެދުގައި މަޝްހޫރު ރިސޯޓު ސިޓީ އެކެވެ. މިމަހުގެ ފުރަތަމަ ތިން ދުވަހު އެ ސަރަހައްދަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.

ޖަޕާނުގައި މީހުންގެ ދިރިއުޅުން ބިނާވެފައިވާ ގޮތަށް ބަލާއިރު ގެދޮރު އިމާރާތް ކޮށްފައި ހުންނަނީ ޒަމާނުންނުރެ ފަރުބަދަތައް ހުންނަ ގޮތަށެވެ. އެކަމަކު މިގޮތަށް ވިއްސާރައިގަ ފަރުބަނދަ ކަނޑައިގެން ގޮސް ކިސަޑު ފޭބުން ފަދަ ކަންކަމަކީ ވަރަށް ނުވާ ކަމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.