ޔޫރޯ 2020: ބެލްޖިއަމް ކަޓުވާލުމަށް ފަހު އިޓަލީ ސެމީ އަށް

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި ރޭ ބެލްޖިއަމް އަތުން މޮޅުވެ އިޓަލީ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ބެލްޖިއަމް އާއި ދެކޮޅަށް ކުޅުނު މި މެޗުން އިޓަލީ މޮޅުވީ 1-2 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

މިއުނިކް އެރީނާގައި ރޭ ދަންވަރު ކުޅުނު މި މެޗުގައި އިޓަލީން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 13 ވަނަ މިނިޓްގައި އިޓަލީން ލަނޑެއް ޖެހިނަމަވެސް މި ގޯލު ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ބަލައިނުގަންނަން ނިންމާފައެވެ. މި ގޯލު ބަލައިނުގަތީ އޮފްސައިޑްގައި ހުރެ ޖެހިލަނޑެއްކަމަށް ބުނެއެވެ.

އޭގެ ފަހުން ކައުންޓަ އެޓޭކުގައި ބެލްޖިއަމުން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް އިޓަލީގެ ވޯލަށް އަމާޒުކޮށް ފޮނުވާލައިފަ އެވެ. ޑި ބްރޭނާ އާއި ރޮމެލޫ ލުކާކޫގެ މި ހަމަލާތައް އިޓަލީގެ ގޯލްކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ވަނީ މަތަކޮށްފަ އެވެ.

އިޓަލީން ލަނޑު ޖަހައި ލީޑުނެގީ މެޗުގެ 31 ވަަނަ މިނިޓްގަ އެވެ. މި ލަނޑު ޖަހައިދިނީ ނިކޯލޯ ބަރޭލާއެވެ. އިޓަލީގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ 44 ވަނަ މިނިޓްގައި ލޮރެންޒޯ އިންސީނިއޭ އެވެ.

ދެ ގޯލުގެ ލީޑަކާ އެކު އިޓަލީން ފުރަތަމަ ހާފު ނިންމާލާނެ ކަމަށް ބެލެވުނު ނަމަވެސް ލިބުނު ޕެނަލްޓީއަކުން ލަނޑުޖަހާ ބެލްޖިއަމުން ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. މި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ފޯވާޑް ރޮމެލޫ ލުކާކޫއެވެ.

އިޓަލީ ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ދެވަނަ ހާފަށް ކުޅެންނިކުމެ ވެސް ރަނގަޅަށް ކުޅުމުންދިޔައީ އިޓަލީންނެވެ. އެގޮތުން އެޓީމަށް އިތުރު ގޯލުތަކެއް ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނުނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. މި ހާފުގައި ބެލްޖިއަމަށްވެސް ނަތީޖާ ބަދަލުކޮށްލަން ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. އެހެން ނަމަވެސް މީގެން އެއްވެސް ފުރުސަތެއް އެޓީމައްވެސް ބޭނުނެއް ނުކުރެވުނެވެ.

ރޭގެ މެޗުން ލިބުނު މޮޅާ އެކު އިޓަލީ ސެނީއަށް ދިޔައިރު، ސެމީގައި އެޓީމު ބައްދަލުކުރާނީ ސްޕެއިންއާއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.