ރޮނާލްޑޯގެ ހެޓްރިކާއެކު މޮޅުވެ ރެއާލް ލީގުގެ އެއްވަނާގައި ތިންޕޮއިންޓުގެ ލީޑެއްނަގައިފި

ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާ އެކު ޑިޕޯޓިވޯ އަލަވޭސްގެ މައްޗަށް ކުރިހޯދާ ރެއާލް މެޑްރިޑުން ލީގުގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ރޭ ކުޅުނު މެޗުން އަލްވޭސްގެ މައްޗަށް ރެއާލް މެޑްރިޑުން ކުރި ހޯދީ 1-4 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރެއާލް އެއްވަނައިގައި 24 ޕޮއިންޓާއި އެކު އޮތްއިރު ދެވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ 21 ޕޮއިންޓާއެކުއެވެ. ސެވިއްޔާއަށް ވެސް 21 ޕޮއިންޓް ލިބުނު ނަމަވެސް އެޓީމަށް ތިން ވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. ސެވިއްޔާއަށް ދެވަނައަށް އަރަން ލިބުނު ފުރުސަތު ގެއްލުނީ މިރޭ އެޓީމް ކުޅުނު މެޗު 1-1ގެ ނަތީޖާ އަކުން ސްޕޯޓިންއާ އެއްވަރުވުމުންނެވެ.

އަލްވޭސްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑް ނެގީ އަލަވޭސް އިންއެވެ. އެޓީމަށް ލީޑު ނަގައިދިން މި ލަނޑު ކާމިޔާބުކޮށްދިނީ ޑޭވާސަންއެވެ.

ރެއާލަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ 17 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކްރިސްޓިއާނޯ  ރޮނާލްޑޯއެވެ. ރެއާލްގެ ދެވަނަ ލަނޑުވެސް މެޗުގެ 33 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރޮނާލްޑޯ އެވެ.

ރެއާލް މެޑްރިޑް ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު ރެއާލުން މެޗުގައި ޖެހި ތިންވަނަ ލަނޑުޖަހާ  ލީޑް އިތުރަށް ފުޅާ ކުރީ  84 ވަނަ މިނެޓްގައި ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުން ނިކުތް އަލްވާރޯ މޮރާޓާއެވެ.

ރެއާލްގެ ހަތަރުވަނަ ލަނޑު ޖަހާ ރޮނާލްޑޯ މި މެޗުގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 88 ވަނަ މިނެޓްގައި މާސެލޯ ތަނަވަސްކޮށްދިން ފުރުސަތުގެ ބޭނުންކޮށް ގޯލްގެތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗު އެޓީމުން މޮޅުވެފައިވަނީ2-4 ގެ ނަތީޖާއިން މަލާގާގެ މައްޗަށް ކުރިހޯދައިގެންނެވެ. އެތުލެޓިކޯގެ ލަނޑުތައް ކާމިޔާބުކުރީ ކެވިން ގަމާރިއޯ އާއި ފެރެއިރާ ކެރަސްކޯއެވެ.

މަލާގާގެ ލަނޑުތައް ޖަހައިދިނީ ސެންޑްރޯ ރަމިރޭޒް އާއި އިގްނާސިއޯ ކަމާޗޯއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.