އިސްރާއީލުން ހަމާސްގެ ހަތިޔާރު އުފައްދާ ސައިޓަކަށް ވައިގެ ހަމަލާތަކެއް ދީފި

އިސްރާއީލުން ފަލަސްތީނުގެ ގާޒާގައި ހަތިޔާރު އުފައްދާ ސައިޓަކަށް ވައިގެ މަގުން ހަމަލާތަކެއް ދީފި އެވެ.

އެ ސައިޓަކީ ހަމާސް ޖަމާއަތުން ހިންގާ ތަނެކެވެ. މި ހަމަލާ ތަކާއި ގުޅިގެން ހަމާސްއިން ބުނެފައިވަނީ ރޭ އިސްރާއީލުން ދިން ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.

އިޝްތިހާރު Below Header ad

އެކަމަކު ސައިޓުގައި ޓްރެއިން ހިންގާ ސަރަހައްދަކަށް ގެއްލުންވެފައިވާ ކަމަށެވެ.

އިސްރާއީލުން ބުނީ މި ހަމަލާތަކަކީ ގާޒާއިން އިސްރާއީލް ސަރަހައްދަށް ހީލިއަމް ފުއްޕާހަންތަކެއް ފޮނުވައި ގޮއްވާލުމުން ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ. ހީލިއަމް އަޅާފައި ފުއްޕާހަން ފޮނުވައިގެން އިސްރާއީލަށް ދިން ހަމަލާތަކުގެ ޒިންމާ މިހާތަނަށް ހަމާސް އިން ނަގާފައި ނުވި ނަމަވެސް އިސްރާއީލުން ބުނީ އެ އަމަލަކީ އެޖަމާއަތުން ކުރި ކަމެއް ކަމަށެވެ.

މިއީ މިދިޔަ މެއި މަހު އިސްރާއީލުން ގާޒާގައި 11 ދުވަސް ވަންދެން ހިންގި ލާއިންސާނީ އަމަލުތަކަށް ފަހު ގާޒާއަށް ހަމަލާ ތަކެއް ދިން ވަނަ ފަހަރެވެ. މި ތިން ފަހަރުވެސް ހަމަލާ ދީފައިވަނީ ހީލިއަމް އެޅި ފުއްޕާހަންތަކެއް އިސްރާއީލް ސަރަހައްދަށް ފޮނުވުމުން ބަދަލު ހިފުމުގެ ގޮތުންނެވެ.

މެއި މަހު އިސްރާއީލުން ވަނީ 11 ދުވަސް ވަންދެން ވައިގެ މަގުންނާއި އެއްގަމު މަގުން އަދި ކަނޑުމަގުން ގާޒާއަށް ހަމަލާދީފައި އެވެ. އެ ހަމަލާތަކުގައި ގާޒާގެ 256 މީހުން ޝަހީދު ކޮށްލާފައިވާއިރު އޭގެ ތެރޭގައި 66 ކުޑަކުދިންވެސް ހިމެނެ އެވެ.

އެ ހަމަލާތަށް އިސްރާއީލުން ހުއްޓަލީ ހަމަލާތަކާއި ގުޅިގެން އިސްރާއީލުގެ އިގްތިސޯދާއި އާންމުންގެ ވިޔަފާރިތަކަށް ގެއްލުން ވާން ފެށުމުން ރައްޔިތުން ނުރުހުން ފާޅު ކުރަން ފެށުމުންނެވެ. އެކަމަކު އޭރުގެ އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާޔޫ ވިދާޅުވެފައިވަނީ ހަމަލާތައް ހުއްޓާލީ މޮޅުވުމުން ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.