ލަންކާގައި އާގުބޯޓު އަނދައި އަޑިއަށް ދިޔަ ސަރަހައްދުން 200 އެއްހާ ކަނޑު ޖަނަވާރު މަރުވެގެން ލައްގައިފި

ސްރީލަންކާގެ ބަނދަރެއްގައި އޮއްވަ އަލިފާން ރޯވި އެމްވީ އެކްސްޕްރެސް ޕާލް އަނދައި ކަނޑު އަޑިއަށް ސަރަހައްދުގެ ކަނޑުގެ ދިރުންތައް މަރުވެ ލައްގަމުން އެބަދެ އެވެ.

އެ ބޯޓު ބަނދަރުގައި އޮއްވަ އަލިފާން ރޯވުމުން ވަނީ ކަނޑުގެ ދުރު ހިސާބަކަށް ގެންގޮސްފައި އެވެ.ެ އަލިފާން ކޮންޓްރޯލްނުވެ ދެ ހަފްތާއެއްހާ ދުވަހު އަނދައި އެ ސަރަހައްދަށް ބޯޓު އަޑިއަށް ދިއުމުން ޕްލާސްޓިކާއި ތެލާއި ކެމިކަލްގެ އިތުރުން ދަނގަޑާއި އެކި ބާވަތްތައް ކަނޑަށް ވަނީ ވެރި އެޅިފައި އެވެ.

އިޝްތިހާރު Below Header ad

ލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ އެ ބޯޓު އަޑިއަށް ދިޔަފަހުން އެ ސަރަހައްދުގެ ގޮނޑުދޮށަށް މަރުވެފައިވާ ކަނޑު ޖަނަވާރުތައް ލައްގަން ވަނީ ފަށާފައި އެވެ. އޭގެ ތެރޭގައި އެކި ބާވަތްތަކުގެ މަހާއި ވެލާ ކަހަނބާއި ކޯމަސްވެސް ހިމެނެ އެވެ.

އެގޮތުން މިހާތަނަށް176 ވެލާ ކަހަނބާއި20 ކޯމަސް އެ ސަރަހައްދުގެ ގޮނޑުދޮޑަށް މަރުވެގެން ލައްގާފައިވާ ކަމަށް ބުނެ އެވެ.

ލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ އެ ބޯޓު އަޑިއަށް ދިއުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ އަސަރު އެ ސަރަހައްދުގައި ދިރިއުޅޭ ކަނޑު ޖަނަވާރުތަކަށް ކުރިޔަށް އޮތް10 އަހަރު ކުރާނެ ކަމަށް ބެލެވެ އެވެ.

އެ ބޯޓު ދަތުރު ކުރަމުން ދިޔައީ278 ޓަނުގެ ތެޔޮ ޓޭންކަރާއި،50 ޓަނުގެ ގޭހާއި،25 ޓަނުގެ ނިޓްރިކް އެސިޑާއި ރީތިވާ ސާމާނާއި ކެމިކަލް ހިމެނެ އެވެ. ބޯޓުގައި އަލިފާން ރޯވެފައިވަނީ މިދިޔަ މެއި މަހުގެ20 ވަނަ ދުވަހު އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.