ފުރާނަ ސަލާމަތްވީ އުފަންދުވަހުގެ ކޭކުގެ ސަބަބުން

އިންޑިޔާގެ މަދިޔަޕްރަދޭޝްގައި ދެބެންގެ ފުރާނަ ސަލާމަތްވީ ވަރަށްވެސް ފޮނި ގޮތަކަށޭ ބުނުމުން އެއީ އެއްގޮތަކަށްވެސް ދޮގަކަށް ނުވާނެއެވެ.

މަދްޔަޕްރަދޭޝްގެ ޖަންގަލި ބަލަހައްޓާ އޮފިޝަލަކު ބުނެފައިވާ ގޮތުގައި، ބުރްހަންޕޫރްގައި ދިރިއުޅޭ ދެބެންއަށް ލެޕަޑެއްގެ ނުރައްކާ ކުރިމަތިވި ވަގުތު އެމީހުން އޭތީގެ ކިބައިން ސަލާމަތްވީ އެއާއިދިމާލަށް ކޭކެއް އެއްލުމުގެ ސަބަބުންނެވެ.

އިޝްތިހާރު Below Header ad

މިއާދަޔާޚިލާފު ހާދިސާއާއި ބެހޭގޮތުން މަޢުލޫމާތު ދެމުން އޮފިޝަލަކު ބުނެފައި ވަނީ، ނުރައްކަލެއް ކުރިމަތިވުމުން އެންމެ ފުރަތަމަވެސް ބަލާނީ ސަލާމަތް ވެވެންއޮތް ކޮންމެސް ގޮތަކުން ސަލާމަތް ވެވޭތޯއެވެ. އެވަގުތު އެދެބެން އަތުގައި އޮތީ ކޭކެކެވެ، އެހެންވެ އެކޭކު ލެޕަޑާއި ދިމާލަށް އެއްލީއެވެ.

އިންޑިޔާގެ ނޫހެއްކަމުގައިވާ ޓައިމްސް އޮފް އިންޑިޔާގައި ބުނެފައިވާ ގޮތުގައި، އެދުވަހު ފިރޯޒް އަދި ސަބީރް މަންސޫރީ ދިޔައީ ފިރޯޒްގެ ފިރިހެން ދަރިފުޅުގެ އުފަންދުވަހުގެ ޕާޓީއަށް ކޭކެއް ހިފައިގެން ގެއަށްދާށެވެ. ސައިކަލުގައި ގެއަށް ދިޔަ މަގުމަތީގައި އުއްދަނޑި ފީނިތަކުގެ ތެރެއިން ކުއްލިއަކަށް ލެޕަޑެއް ނިކުމެ އެމީހުންނާއި ކުރިމަތިލީއެވެ. އޭގެ ކިބައިން ސަލާމަތް ވުމަށް ސައިކަލުގެ ސްޕީޑް ބާރުކުރި ނަމަވެސް ލެޕަޑް އެމީހުންނާއި އަރާ ހަމަކުރަން ފެށުމުން ބިރުވެރިކަމާއި ހާސްކަން އިތުރުވެ ހަދާނެގޮތް ހުސްވުމުން، ސައިކަލުގެ ފަހަތު ސީޓުގައި އިން ސަބީރް އޭނާގެ އަތުގައި އޮތް ކޭކު ލެޕަޑަށް ހަމަލާދިނުމަށް އެއްލީއެވެ. އެކޭކު ވެގެންދިޔައީ އެދެމީހުންގެ ފުރާނަ ސަލާމަތް ކޮށްދިން ވަރުގަދަ ހަތިޔާރަކަށެވެ.

ކޭކު އެއްލުމުން ސިއްސައިގެންގޮސް އިތުރަށް އެދެބެން ފަހާނުދުވެ އުއްދަނޑި ފީނިތަކުގެ ތެރެއަށް ލެޕަޑް ވަދެގެން ދިޔައީއެވެ.  ކޭކުގެ ރަހަ ބަލައިލަން ވެސް މަޑެއް ނުކުރިއެވެ.

ޓައިމްސް އޮފް އިންޑިޔާއަށް ދިން ބަސްދީގަތުމެއްގައި ސަބީރް ބުނެފައި ވަނީ އެމީހުންގެ ފަހަތުން 500 މީޓަރުގެ ރާސްތާއަކަށް ލެޕަޑް ދުވިކަމަށާއި، އެމީހުން އޭތީގެ ކިބައިން ސަލައިމަތްވީ ހަމަ ކިރިޔާ ކަމަށެވެ.

އިންޑިޔާގައި 2014 އާއި 2018 އާއިދެމެދު ލެޕަޑްގެ އާބާދީވަނީ %60 އަށް އިތުރުވެފައެވެ. މިހާރު ހަމައެކަނި މަދްޔަޕްރަދޭޝްގައި ވެސް 13،000 ލެޕަޑް އުޅޭނެކަމަށް ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ. މިލެޕަޑްތައް ބައެއްފަހަރު އަވަށްތަކުގެ ތެރެއަށް ވަދެ ހަމަލާ ދީފައިވާ ކަމުގެ ރިޕޯޓުތައް ވެސް ވަނީ ލިބިފައެވެ.

އާންމުކޮށް ބޮޑެތި މީހުންނަށް ލެޕަޑްގެ ފަރާތުން ނުރައްކާ ނުވިނަމަވެސް ކުޑަކުދިންނަށް ހަމަލާދިނުން ވަނީ އިތުރުވެފައެވެ. ފާއިތުވި މަހު ކަޝްމީރުގައި ލެޕަޑެއް ގެއެއްގެ ބަގީޗާ ތެރެއިން 4 އަހަރުގެ އަންހެން ކުއްޖަކު ޖަހައިގަނެގެން ވަނީ ގެންގޮސްފައެވެ. އެކުއްޖާގެ ހަށިގަނޑުގެ ބައިތައް ފެނިފައި ވަނީ އޭގެ އަނެއް ދުވަހުއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.