ހުދު ސަމާލު ނެރެ، މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ހުދު ސަމާލު (ވައިޓް އެލަރޓް) ނެރެފި އެެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު ނެރެފައިވާ ކަމަށެވެ. އަދި އެސަރަހައްދަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.
އެގޮތުން ވިލާގަނޑުގައި 19 މޭލާއި 24 މޭލާއި ދެމެދަށް ވައިގަދަވާނެ ކަމަށް ވެސް އެ އިދާރާ އިން ވަނީ ބުނެފަ އެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވަނީ މިވަގުތުތަކުގައި ކަނޑުމައްޗަށް ނިކުންނަ ފަރާތްތަކުން މޫސުމަށް ސަމާލުވެ ބަލައިގެން އުޅުމަށް އިލްތިމާސްކޮށްފަ އެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނީ ހއ. އަތޮޅުން މ. އަތޮޅަށް ހުދު ސަމާލު ނެރެފައިވާ ކަމަށެވެ.
***ކޮންމެ ތަނަކުން ބުންޏަސް ހއ.އަތޮޅުން ކީއްވެ ބުނަންވީ މ.އަތޮޅަށް ތިބުނާ ސަމާލެއް ނެރެން. ރިޕޯޓަރު ނުވަތަ އެޑިޓަރު ސަމާލުކަން ދޭންވީ ބަހުގެ ހަމައިން ލިޔަން.މ.ގައުމީ އިދާރާއިން ނުބައިކޮށް ބުނެފަ އޮތަސް ރަނގަޅު ކޮށްގެން ލިޔަންވާނީ.