ޚަބަރު ފީތާ

ހެލްތު މިނިސްޓަރ ނަސީމު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފި

ހެލްތު މިނިސްޓަރ އަހްމަދު ނަސީމު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފި އެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވަނީ މިނިސްޓަރ ނަސީމު މިދަތުރުފުޅު ފައްޓަވާފައިވަނީ މި ޖުލައި މަހުގެ 1 ވަނަ ދުވަހު ކަމަށެވެ. އަދި މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަަށް އެ އަތޮޅުގެ ގިނަ ރަށްތަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

އެގޮތުން ތިމަރަފުށި، ވޭމަންޑޫ، ގާދިއްފުއްޓާއި އަދިވެސް އެހެން ރަށްރަށަށް ވަޑައިގަތުމަށް ނިންމާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި ދަތުރުފުޅުތަކުގައި އެ ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށް ޒިޔާރަތްކޮށް ރަށްރަށުގެ ކައުންސިލްތަކާއި ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން މިއަދު ވަނީ ތ. މަޑިފުށި ހެލްތު ސެންޓަރަށް ވަޑައިގެން އެތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާފަ އެވެ.

އަތޮޅުތެރޭގެ ސިއްހީ ނިޒާމް ހަރުދަނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، ރަށްރަށުގެ ހެލްތު ސެންޓަރުތަކާއި އަތޮޅު ހޮސްޕިޓަލްތަކުން ދެމުން އަންނަ ޚިދުމަތްތަކާއި އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށް ވެސް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ.

މިނިސްޓަރ ނަސީމުގެ އަރިހުގައި މި ދަތުރުފުޅުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު އާދިލް އާއި، ސިނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަބްދުﷲ ހަންނާން އާއި، އެސިސްޓެންޓް ޑިރެކްޓަރ އަބްދުﷲ މައުރޫފް އަދި މިނިސްޓްރީގެ އިސް މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: