ބާންލީއިން ވަރުގަދަ ޔުނައިޓެޑު މޮޅުވިޔަނުދީ ހިފަހައްޓައިފި.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ބާންލީ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

އަމިއްލަ ދަނޑުގައި ބާންލީއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން މާއެދެވޭ ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

112391325_heaton-sport-large_transihlfqfv56vijacxuzgld9yojav_ritmra0nmwazpdvs

އެގޮތުން ދެޓީމުގެ ފަރާތުންވެސް ހަމަހަމަކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފް އެއްވަރުވެގެން ނިމުނުއިރު ޔުނައިޓެޑަށް ފަހުހާފުގެ ބޮޑު ބައެއް ކުޅެން ޖެހުނީ އެއްކުޅުންތެރިއަކު މަދުކޮށެވެ. ޔުނައިޓެޑަށް އެއްކުޅުންތެރިއަކު މަދުކޮށް ކުޅެންޖެހުނީ އެޓީމުގެ މިޑްފީލްޑަރު އެންޑަ ހެރޭރާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. އޭނާ އަށް ރަތްކާޑު ދައްކާފައިވަނީ މެޗުގެ 68 ވަނަ މިނިޓްގައި ބާންލީގެ މިޑްފީލްޑަރު ޑީން މާނީއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

އެއްކުޅުންތެރިއަކު މަދުކޮށް ޔުނައިޓެޑުން ކުޅުނުއިރު އެޓީމުގެ ކޯޗު ހޯޒޭ މޮރީނިއޯ ވެސް ވަނީ ބެންޗުން ފޮނުވާލައިފައެވެ.

14915568_10155353427008572_1561058957358305336_n

މޮރީނިއޯ ބެންޗުން ފޮނުވާލީ ބާންލީގެ ޑިފެންޑަރު ޖޮން ފްލެނަގާން އެޓީމުގެ ޕެނަލްޓީ އޭރިޔާ ތެރޭން ޔުނައިޓެޑްގެ ޑިފެންޑަރު މަޓިއޯ ޑާމިއާންއަށް ފައުލުކުރި ނަމަވެސް އޭނާއަށް ރެފްރީ މާކް ކްލަޓެމްބާރގު ކާޑު ނުދެއްކުމުން އެކަމާ ނުރުހުން ފާޅުކޮށް އެއީ ޕެނަލްޓީއެއް ކަމަށްބުނެ މައްސަލަ ޖެއްމުންނެވެ.

މި މެޗު އެއްވަރުވެގެން ނިމުނުނަމަވެސް ލަނޑުޖަހަން ޔުނައިޓެޑަށް ވަނީ ފުރުސަތު ލިބިގެން ގޮސްފައެވެ. އެގޮތުން ޔުނައިޓެޑުން ބާންލީގެ ގޯލަށް އަމާޒުކޮށް 37 ހަމަލާ ފޮނުވާލާފައިވާއިރު އެޓީމުގެ ކީޕަރު ޓޮމް ހީޓަން ވަނީ ޔުނައިޓެޑްގެ މި ހަމަލާތައް ދިފާއުކޮށްފައެވެ.

ރޭގެ މެޗުން އެއްވަރުވުމުން މެންޗެސްޓާ ޔުނައިޓެޑް މިވަގުތު އޮތީ ތާވަލުގެ އަށް ވަނައިގައި 15 ޕޮއިންޓާއެކު އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.