ޗައިނާގެ އެންމެ ބޮޑު އިންޓަނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވައިފި

ޗައިނާގެ އެންމެ ބޮޑު އިންޓަނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވައިފި އެވެ.

އެ ގައުމުގެ ސިޗުއާން ޕްރޮވިންސްގައި ވެރިރަށް ޗެންގްޑޫގައި ހުޅުވި އެ އެއާޕޯޓަށް ކިޔަނީ ޗެންގްޑޫ ޓިއަންފޫ އިންޓަނޭޝަނަލް އެއާޕޯޓެވެ. ބައިނަލް އަގުވާމީ އާންމު ދަތުރުތަކަށް އެ ގައުމު ހުޅުވާނުލާތީ ރަސްމީކޮށް ހުޅުވުމުގެ ގޮތުން އެ ތަނަށް ފުރަތަމަ ޖެއްސީ ޑޮމެސްޓިކް ފްލައިޓެކެވެ.

އިޝްތިހާރު Below Header ad

އެ އެއާޕޯޓަކީ10.8 ބިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ. އެތަނުން އަހަރަަކު 120 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.

އެ އެއާޕޯޓުގައި ތިން ރަންވޭ އާއި 710،000 އަކަ މީޓަރުގެ ދެ ޓާމިނަލް އޮވެ އެވެ.

އެތަނުގައި މަޝްހޫރު ހުރިހާ ބްރޭންޑެއްގެ ކެފޭ ރެސްޓޯރެންޓުތައް ހުޅުވާފައިވެ އެވެ.

ޗައިނާ ވަނީ ވެރިރަށް ބެއިޖިންގައި 2019 ވަނަ އަހަރުވެސް ވަރަށް ބޮޑު އެއާޕޯޓެއް ހުޅުވާފައި އެވެ. އެ އެއާޕޯޓުގެ ބޮޑުމިނުގައި97 ފުޓުބޯޅަ ދަނޑުގެ ބޮޑުމިން ހުރެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.