
މަރަށް މަރު ހިފުމުގެ އަދަބު ޝަރީޢަތުން ކަނޑަނާޅާ ޙާލަތުގައި މަރުގެ ދިޔައަކީ އެއްމިލިއަން ދިވެހި ރުފިޔާ!
މަރަށް މަރު ހިފުމުގެ އަދަބު ޝަރީޢަތުން ކަނޑަނާޅާ ޙާލަތުގައި މުޚައްފަފު މަރުގެ ދިޔަ އަކީ އެއްމިލިއަން ދިވެހި ރުފިޔާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައަޅާ، ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެގޮތް ބަޔާންކޮށް އުސޫލެއް މިހާރު ވަނީ ޢާންމުކޮށްފަ އެވެ.
އެގޮތުން މަރުގެ މައްސަލަތަކުގައި އަމަލުކުރަންޖެހޭގޮތްވެސް އުސޫލުގައި ވަނީ ތަފްސީލްކޮށް ލިޔެފަ އެވެ.
މަރުގެ ދިޔަ ދިނުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ޙާލަތްތަކުގައި މަރުގެ ދިޔަ ދިނުމަށް ކުށްވެރިޔާއަށް ފަނޑިޔާރު އަމުރުކުރަންވާނެ ކަމަށް އުސޫލުގައި ވެއެވެ. އަދި މަރަށް މަރު ހިފުމުގެ އަދަބު ޝަރީޢަތުން ކަނޑަނާޅާ ޙާލަތުގައި، ވާރިޘުންނަށް ދިޔައިން ޙައްޤުވާ މިންވަރު ލިބިދިނުމަށް ވެސް ޝަރީއަތުން ކަނޑައަޅަންވާނެ ކަމަށް ބުނެފައި ވެއެވެ.
އެއަށްފަހު މުޚައްފަފު މަރުގެ ދިޔަ އަކީ އެއްމިލިއަން ދިވެހި ރުފިޔާކަމަށް އުސޫލުގައި ވަނީ ލިޔެފަ އެވެ.