އެމްޕީއެލް އިން ދެމުންގެންދިޔަ ޢާންމު ދަތުރުފަތުރުގެ ޚިދުމަތް 50 އަހަރަށް އެމްޓީސީސީގެ ދަށަށް!

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދެމުންގެންދިޔަ ޢާންމު ދަތުރުފަތުރުގެ ޚިދުމަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ދަށަށް ބަދަލުކޮށްފި އެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. އެމްޕީއެލް ގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ، ސީއީއޯ ޝާހިދު އަލީ އެވެ.

އިޝްތިހާރު Below Header ad

އެ ދެ ކުންފުނީގެ މެދުގައި މި އެއްބަސްވުން 50 އަހަރުގެ މުއްދަތަކަށް ސޮއި ކުރި އިރު، އެމްޕީއެލް އިން ދަތުރުފަތުރުކުރުމަށް ބޭނުންކުރި އުޅަނދާއި މުވައްޒަފުން މި އެއްބަސްވުމުގައިވާ ގޮތުން އެމްޓީސީސީގެ ދަށަށް ބަދަލުވާނެ އެވެ.

އެމްޓީސީސީގެ ސީއީއޯ އާޒިމް ވިދާޅުވީ ޢާންމުން އިތުބާރު ކުރާ ޚިދުމަތެއް ދިނުމަށް ބޮޑު މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އަދި މި ޚިދުމަތް އިތުރަށް ތަރައްގީކޮށް ހަރުދަނާ ކުރުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

” ވަސީލަތްތައް އިތުރަށް ތަރައްގީކޮށް މުވައްޒަފުން އިތުރަށް ތަމްރީން ކުރުމަށް މަސައްކަތްތައް ކުރާނަން. ވޭތުވެދިޔަ ތަނުގައި އެމްޕީއެލްގެ ފަރާތުން ދެމުން ދިޔަ ޚިދުމަތަށް އެކުންފުނީގެ ހުރިހާ މުވައްޒަފުންނާއި ވަކިން ޚާއްސަކޮށް ސީއީއޯ ޝާހިދު އަށް ވަރަށް ބޮޑު ޝުކުރެއް އަދާ ކުރަން.” އާޒިމް ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.