ކަރަންޓީން ވާން ނުޖެހޭ ގޮތަށް ތައިލެންޑުގެ ޕުކެޓު ޓޫރިސްޓުންނަށް ހުޅުވާލައިފި

ކަރަންޓީންވާން ނުޖެހޭ ގޮތަށް ތައިލެންޑުގެ މަޝްހޫރު ޓޫރިޒަމް މަންޒިލް ޕުކެޓު ޓޫރިސްޓުންނަށް ހުޅުވާލައިފި އެވެ.

މިއަދު ޕުކެޓު ހުޅުވާލުމުން އެންމެ ފުރަތަމަ ފްލައިޓުގައި ގޮސްފައިވަނީ އިސްރާއީލް އާއި އަބޫދާބީ އަދި ގަތަރުގެ ޓޫރިސްޓުންނެވެ. ކުޕެޓަށް ކަރަންޓީން ނުވާގޮތަށް ޗުއްޓީ ހޭދަ ކުރަންދާ ޓޫރިސްޓުންނަށް އެ ރަށުން ބޭރަށް ތައިލެންޑުގެ އެއްވެސް ސަރަހައްދަކަށް 14 ދުވަސް ފަހުން ނޫނީ ދަތުރެއް ނުކުރެވޭނެ އެވެ.

އިޝްތިހާރު Below Header ad

ޕުކެޓަށް ދާ ޓޫރިސްޓުންނަށް އޮންނަ ހަމައެކަނި ޝަރުތަކީ 72 ގަޑިއިރު ނުވާ ކޯވިޑް-19 ޕީސީއާރު ނެގެޓިވް ޓެސްޓެއްގެ ނަތީޖާ އޮތުމާއި އެކު ވެކްސިން ފުރިހަމަ ކޮށްފައިވުމެވެ. އޭރުން އެ ރަށުގައި އާންމުކޮށް އުޅުމުގެ ފުރުސަތު އޮވެ އެވެ.

ތައިލެންޑުން ޕުކެޓު ހުޅުވާލުމުގެ ކުރިން އެ ރަށުގައި ދިރިއުޅޭ މީހުންގެ ވެކްސިން ޖަހާ އާބާދީގެ 70 ޕަސެންޓަށް ވަނީ ކޯވިޑް-19 ވެކްސިން ދެ ޑޯޒުދީ ނިންމާފައި އެވެ.

ތައިލެންޑު ސަރުކާރުން ބުނީ ކަރަންޓީން ވާން ނުޖެހޭ ގޮތަށް ޕުކެޓު ހުޅުވާލީ އެއީ ވަރަށް ނުރައްކާތެރި ކަމެއްކަން އެނގިތިބެ ކަމަށެވެ. އެކަމަކު ގައުމު ބަންދުކޮށްގެން ތިބެން ޖެހުމުން ރައްޔިތުންގެ އާމްދަނީއަށް ވަރަށް ބޮޑަށް އަސަރު ކުރަމުންދާތީ އެނޫން ގޮތެއް ނެތުމުން ހުޅުވާލަން ނިންމީ ކަމަށެވެ.

އަދި ކުރިޔަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އިތުރު ޓޫރިސްޓު މަންޒިލްތައް ކަރަންޓީން ނުވާގޮތަށް ހުޅުވާލަން ނިންމާފައިވާ ކަމަށް ބުންނެވެ. އަދި އެ ގައުމުގެ ވައިގެ ބޯޑަރު އާންމުކޮށް އޮކްޓޯބަރު މަހު ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.