ޗައިނާއިން މެލޭރިއާ ނައްތާލެވިފައިވާ ކަމަށް ކަނޑައަޅައިފި
ޗައިނާ އަކީ މެލޭރިއާ ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.
އެ ގައުމުން މެލޭރިއާ ފެނިފައިވަނީ 1940 ވަނަ އަހަރު އެވެ. 1940 ގެ އަހަރުތަކުގައި އެ ގައުމުން އަހަރަކު 30 މިލިއަން މީހުންނަށް މެލޭރިއާ ޖެހުނު ކަމަށްވެ އެވެ.
ޑަބްލިއުއެޗްއޯއިން ބުނީ ޗައިނާ އަކީ މެލޭރިއާ ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައެޅީ ޖެހިޖެހިގެން ހަތަރު އަހަރު ވަންދެން އެ ބަލީގެ އެއްވެސް މީހަކު ފެނިފައި ނުވާތީ ކަމަށެވެ. އަދި ޗައިނާއިން މެލޭރިއާ ނައްތާލުމަށް މިދިޔަ 70 އަހަރު ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
ޑަބްލިއުޗްއޯއިން ވަނީ ޗައިނާއިން މެލޭރިއާ އާއި ދެކޮޅަށް ކުރި މަސައްކަތަށް ތައުރީފު ކޮށްފަ އެވެ.
މެލޭރިއާ އަކީ މަދިރީގެ ޒަރިއާއިން ޖެހޭ ބައްޔެކެވެ.
ދުނިޔޭގައި އަދުވެސް ހަލުވި ކަމާއި އެކު މެލޭރިއާ ފެތުރެމުންދެ އެވެ. އެގޮތުން އެންމެ ގިނަ މީހުން ޕޮސިޓިވްވަނީ އެފްރިކާގެ ގައުމުތަކުންނެވެ.
ޑަބްލިއުއެޗްއޯއިން ތަފާސް ހިސާބު ދައްކާގޮތުން މެލޭރިއާ ޖެހޭ މީހުންގެ 90 ޕަސެންޓަށްވުރެ ގިނަ މީހުންނަކީ އެފްރިކާގެ ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ.