ޚަބަރު ފީތާ

ކޮލަމްބޯގެ ދެކުނަށް ބާރުގަދަ ބިންހެލުމެއް، ރާއްޖެއަށް އަސަރުކުރާނެ ކަމަކަށް ނުބެލެވޭ: މެޓް

ކޮލަމްބޯގެ ދެކުނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

ރާއްޖޭގެ މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނީ މި ބިންހެލުން އައީ މިރޭ 8:06 ގައި ކަމަށެވެ. އަދ މިއީި 5.2 މެގްނިޓިއުޑުގެ ބާރު މިނުގައި އައި ބިންހެލުމެއް ކަމަށެވެ.

10 ކިލޯމީޓަރުގެ ފުންމިނަށް އައި މި ބިން ހެލުމުގެ ސަބަަބުން ރާއްޖެއަށް އެއްވެސް އަސަރެއް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ.