ސަންޑަލޭންޑް އަތުން މޮޅުވެ އާސެނަލް ލީގުގެ އެއްވަނައަށް.

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން މޮޅުވެ ލީގުގެ އެއްވަނައަށް އާސެނަލް އަރައިފިއެވެ.

މިއަދު ކުޅުނު މެޗުން އާސެނަލް މޮޅުވީ ސަންޑަލޭންޑާ ވާދަކޮށް 1-4 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސަންޑަލޭންޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ، ފުރަތަމަ ހާފްގައި އާސެނަލްއިން ރަނގަޅަށް ކުޅުނުއިރު މެޗުގެ 19 ވަނަ މިނެޓްގައި އެޓީމުން ވަނީ ލަނޑުޖަހާ ލީޑުނަގާފައެވެ. މި ގޯލް އާސެނަލްއަށް ކާމިޔާބުކޮށްދިނީ އެލެކްސިސް ސަންޗޭޒްއެވެ.

އާސެނަލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފައް ކުޅެންނިކުމެ ސަންޑަލޭންޑުން ދިޔައީ ރަނގަޅަށް ކުޅެމުންނެވެ. ގޮތުން، މެޗުގެ 65 ވަނަ މިނެޓްގައި ސަންޑަލޭންޑަށް ލިބުނު ޕެނަލްޓީއަކުން އެޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ ޖެމެއިން ޑެފޯއެވެ.

މި ގޯލާއެކީ އާސެނަލްއިން ވަނީ އެޓީމުގެ ކުޅުން އިތުރައް ވަރުގަދަކޮށްފައެވެ. އެގޮތުން މެޗުގެ 71 ވަނަ މިނެޓްގައި އާސެނަލް އެޓީމުގެ ދެވަ ލަނޑުޖަހާ މެޗުގެ ލީޑު ދެވަނަ ފަހަރަށް ނެގިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފަހުހާފުގައި ކުޅެންނިކުތް ޖިރޫ އެވެ. މީގެއިތުރުން މެޗުގެ 76 ވަނަ މިނެޓްގައި އާސެނަލްގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދީ މެޗުގެ ލީޑު ފުޅާކޮށްދިނީ ވެސް ޖިރޫއެވެ.

އާސެނަލްގެ ހަތަރުވަނަ ގޯލް އޭގެ ދެ މިނެޓްފަހުން ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލްވެސް ކާމިޔާބުކޮށްދިން ސަންޗޭޒްއެވެ.

މި މޮޅާއެކީ އާސެނަލް ލީގުގެ އެއްވަނައިގައި އޮތީ، 23 ޕޮއިންޓާއެކީގައެވެ. ނަމަވެސް މިރޭ ކުޅޭ މެޗުން، މެންޗެސްޓަރ ސިޓީ މޮޅުވެއްޖެނަމަ، އެޓީމަށް ލީގުގެ އެއްވަނަ އަލުން ލިބޭނެއެވެ. އާސެނަލް އަތުން ބަލިވި ސަންޑަލޭންޑް އޮތީދެ ޕޮއިންޓާއެކީ ލީގުގެ ފުލުގައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.