ޑަޔާނާއަށް ހަދިޔާއަކަށް ޗާލްސް ދެއްވި ކާރު 72،000 ޑޮލަރަށް ވިއްކާލައިފި

ޕްރިންސަސް އޮފް ވޭލްސް ޑަޔާނާއަށް ހަދިޔާއަކަށް ޕްރިންސް ޗާލްސް ދެއްވި ފޯޑް އެސްކޯޓް ކާރު 50،000 ޕައުންޑަށް (72،000 ޑޮލަރަށް) ދެކުނު އެމެރިކާގެ މިއުޒިއަމްއަކަށް އަންގާރަ ދުވަހު ވިއްކާލައިފިއެވެ.

އެކާރަކީ ޗާލްސްއާއި ޑަޔާނާ ކައިވެރި ކުރުމުގެ 2 މަސް ކުރިން އެންގޭޖްމަންޓް ހަދިޔާއެއްގެ ގޮތުން 1981 ގައި ޗާލްސް ޑަޔާނާއަށް ހަދިޔާ ކުރި ކާރެކެވެ. އޭގެފަހުން 1982 ގައި ނީލަމެއްގައި 6000 ޕައުންޑަށް އެކާރު ގަނެފައި ވަނީ އާސާރީ އެއްޗެހި އެއްކުރާ މީހެކެވެ. ވިޔަފާރީގެ ޓެކްސްއާއި އެކު ޖުމްލަ 52،640 ޕައުންޑަށް މިފަހަރު އެކާރު ގަތީ ދެކުނު އެމެރިކާގެ މިއުޒިއަމްއަކުންނެވެ.

އިޝްތިހާރު Below Header ad

ކާރު ވިއްކި ރީމަން ޑެނިސް އޮކްޝަންސްގެ ފަރާތުން ބުނެފައި ވަނީ، ކާރު ދެކުނު އެމެރިކާއަށް ފޮނުވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ދެކުނު އެމެރިކާއިން އެކާރު ގަތުމުން ސާބިތު ވަނީ އެކާރަށް ދުނިޔޭގެ ސަމާލުކަން އަދިވެސް އޮތްވަރު ކަމަށް ވެސް ބުނެފައި ވެއެވެ.

ކާރުގައި އަދިވެސް ހަރުކޮށްފައި ވަނީ އިންގިރޭސި ވިލާތުގެ ރެގިސްޓްރޭޝަން ނަމްބަރ ބޯޑެވެ، އަދި ކާރުގެ ކުލައާއި އެއްވެސް އެއްޗަކަށް ބަދަލެއް ގެނެސްފައި ނުވާ ކަމށާއި، ކާރު އަދިވެސް ބަރާބަރަށް ދުވާނެ ކަމަށް އޮކްޝަންގެ ފަރާތުން ބުނެފައިވެއެވެ. ކާރު އެންމެ ފުރަތަމަ ވިކޭނެ ކަމަށް ހީކޮށްފައި ވަނީ 30،000 އާއި 40،000 ޕައުންޑާއި ދެމެދުގެ އަގެއްގައެވެ.

ޕްރިންސަސް ޑަޔާނާ އަވަހާރަ ވެފައި ވަނީ 1997 ގައި ފްރާންސްގެ ވެރިރަށް ޕްރިސްގައި ޕަޕަރާޒީގެ ކިބައިން ސަލާމަތް ވުމަށް އުޅުމުގެ ތެރޭގައި ބިމު އަޑީގެ ޓަނަލެއްގައި ދިމާވި ކާރު އެކްސިޑެންޓެއްގައިއެވެ. އެ އެކްސިޑެންޓްގައި ޑަޔާނާގެ ލޯބިވެރިޔާ ޑޯޑީ އަލްފާއިދާއި ކާރު ދުއްވަން އިން ޑްރައިވަރުވެސް ވަނީ މަރުވެފައެވެ. ސަލާމަތްވީ ހަމައެކަނި ޑަޔާނާގެ ބޮޑީ ގާޑެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.