އިސްދޫ ބަނދަރުގެ 90 އިންސައްތަ މަސައްކަތް ނިމިއްޖެ

ލ. އިސްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 90 ޕަސެންޓް ނިމިއްޖެ އެވެ.

މި މަސައްކަތް ކުރާ އެމްޓީސީސީން ބުނީ މިމަޝްރޫޢުގެ ދަށުން، ބަނދަރުގެ ވޯކްވޭ ބްރިޖްގެ ކޮންކްރީޓް މަސައްކަތްތައް މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ނިމިފައިވާ ކަމަށެވެ. އަދި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 72 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

މި މަޝްރޫޢުގެ ދަށުން، 27,129 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 230 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 208 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެ އެެވެ. އަދި 98 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމާއި، 1,560 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށް ވަނީ ބުނެފަ އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 34.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.