ޚަބަރު ފީތާ

ހޯރަފުށި އެއަރޕޯޓުގެ ގޮނޑުދޮށް ހިމާޔަތްކުރުން 90 މިލިއަން ރުފިޔާއަށް އެމްޓީސީސީ އަށް!

ހއ. ހޯރަފުށީ އެއަރޕޯރޓް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު، 90.5 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ.

މި މަސައްކަތް އެ ކުންފުންޏާ ޙަވާލުކުރީ އިއްޔެ އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން މި މަޝްރޫޢު ހަވާލުކުރުމަށް ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.

އެމްޓީސީސީން ބުނީ އެއް އަހަރު ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ދަށުން، އެއަރޕޯރޓް ރަންވޭގެ ދެފަރާތުގައި 2861 މީޓަރުގެ އެއްގަމުތޮށި ލުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ގާއިމް ކުރާނެ ކަމަށެވެ.

 

Like
Like Love Haha Wow Sad Angry
%d bloggers like this: