އިންޑޮނީޝިއާގައި ބަންޑުން ޖަހާލި ފެރީގައި ތިބި މީހުންގެ އަދަދު އޮޅިއްޖެ، މަރުވެ، ގެއްލުނު މީހުންގެ އަދަދު އިތުރު ވަނީ

އިންޑޮނީޝިއާގެ ޓޫރިސްޓް މަންޒިލް ބާލީގައި ފެރީއެއް ބަންޑުން ޖަހާލި ހާދިސާގައި މަރުވި މީހުންގެ އަދަދާއި ގެއްލުނު މީހުންގެ އަދަދު އިތުރު ވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ އިރާކޮޅު އެވެ. ފެރީ ބަންޑުން ޖަހާލީ ބާލީގެ ގިލިމަނުކް ސީޕޯޓާއި ވަރަށް ކައިރީގައި އޮއްވަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިޝްތިހާރު Below Header ad

ރޭ އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ ހާދިސާ ހިނގި އިރު ފެރީގައި ތިބީ 41 ފަސިންޖަރުންނާއި 15 ކްރޫއިން ކަމަށެވެ. އަދި އޭގެ ތެރެއިން 44 މީހުން ސަލާމަތް ކުރެވުނު ކަމަށެވެ. މަރުވެފައިވަނީ ހަ މީހުން ކަމަށާއި ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީވެސް ހަ މީހުން ކަމަށް އިއްޔެ ބުންޏެވެ.

އެކަމަކު މިއަދު އިންޑޮނީޝިއާގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ ގެއްލިގެން ހޯދާ މީހުންގެ އަދަދު 11 އަށް އިތުރުވެފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގެ މޫދުން އިތުރު މީހެއްގެ ހަށިގަނޑު ފެނިފައިވާތީ މަރުވި މީހުންގެ އަދަދުވެސް ހަތަކަށް އިތުރުވެފައިވާ ކަމަށެވެ.

އެހެން ކަމުން ހާދިސާގައި މަރުވި މީހުންނާއި ގެއްލުނު މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާ ކުރެ އެވެ. އަދި އެ ފެރީގައި ދަތުރު ކުރި ކަމަށް ބުނާ އަދަދަކީ ރަނގަޅު އަދަދެއް ނޫން ކަމަށާއި ފެރީގައި ދަތުރު ކުރި މީހުންގެ އަދަދު އަލުން ޔަގީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިންޑޮނީޝިއާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވެ އެވެ.

ފެރީ ބަންޑުން ޖަހާލި ކަމަށް ބެލެވެނީ ކަނޑު ގަދަވެގެންނެވެ.

އިންޑޮނީޝިއާގައި ފެރީ ބަންޑުން ޖަހާލުމާއި އެފަދަ ހާދިސާތަކުގައި ގިނަ އަދަދެއްގެ މީހުން މަރުވެ ގެއްލުމަކީ އާންމުކޮށް ހިނގާ ހާދިސާތަކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.