
އިންޑިއާގެ ޕަންޖާބުގައި އިދިކޮޅު ކޮންގްރެސް ޕާޓީގެ ތާއީދު ކުޑަވާތީ ކަންބޮޑުވުން
އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ޕަންޖާބު ގޮފީގައި ކަންބޮޑުވާން ޖެހޭ ފަދަ ބައިބައިވުން އެބަހުރި ކަމަށް އެ ގޮފީގެ ލީޑަރު ނަވްޖޯތް ސިންގް ސީދޫ ވިދާޅުވެއްޖެ އެވެ.
ކުރީގެ ޖަންޖާބު ސްޓޭޓުގެ ސްޓޭޓް މިނިސްޓަރުކަމާއި އެ ސްޓޭޓްގެ މަޖިލީސް މެމްބަރު ކަމުގެ އިތުރުން ހެއްވާ މަޖާ ރޯލު ކުޅުމުގައި ބޮލީވުޑްގައި ކުރިން ފާހަގަ ކުރެވިފައިވާ ނަވްޖޯތް ވަނީ ޝަކުވާތަށް ހިނފައިގެން ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ އާއި މިއަދު ބައްދަލު ކޮށްފައި އެވެ.
މި ބައްދަލުވުމުގައި އަންނަ އަހަރު ބާއްވާ ޕަންޖާބު ސްޓޭޓް އިންތިހާބުގެ ކުރިން ޕާޓީ އިތުރަށް ހަރުދަނާ ކުރުމަށް ކުރަން ޖެހޭ ކަންކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ނަވްޖޯތް ވަނީ ކޮންގްރެސްގެ ސެކްރެޓަރީ ޖެނެރަލް ޕްރިޔަންކާ ގާންދީ އާއިވެސް ބައްދަލު ކޮށްފައި އެވެ. މި ބައްދަލުވުމުގައި ދެއްކި ވާހަކަ ހާމަ ނުކުރި ނަމަވެސް އެއީ2 ގަޑިއިރުގެ ދިގު ބައްދަލުވުމެއް ކަމަށްވެ އެވެ.
ޕަންޖާބަކީ އަބަދުވެސް އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ ތާއީދު ބޮޑު ސްޓޭޓެކެވެ. އެކަމަކު މިހާރު އިންޑިއާގައި އެ ޕާޓީގެ ތާއީދު ކުޑަވަމުން އަންނާތީ ކޮންގްރެސް އިން ދަނީ ޕަންޖާބުގައިވެސް އެމީހުންގެ ބާރު ގަދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ.
މިއަހަރު ބޭއްވި އިންޑިއާގެ ބޮޑެތި ބައެއް ސްޓޭޓް ތަކުގެ އިންތިހާބު ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ބީޖޭޕީއަށް ވަނީ ނާކާމިޔާބުވެފައި އެވެ.