ދިރާގު ރޯދަ ޑޭޓާ ބަންޑަލް އިން ލިބުނު ފައިސާ ތެލެސީމިއާ ސޮސައިޓީއަށް ހަދިޔާކޮށްފި

ދިރާގު ރޯދަ ޑޭޓާ ބަންޑަލް އިން ލިބުނު ފައިސާ ތެލެސީމިއާ ސޮސައިޓީއަށް ހަދިޔާކޮށްފި އެވެ.

އެގޮތުން މި އަހަރުގެ މި ޑޭޓާ ބަންޑަލް ތަކުން ލިބުނު 313,235 ރުފިޔާ އެ ސޮސައިޓީއަށް ހަވާލުކޮށްފައިވަނީ ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ކުޑަ ރަސްމިއްޔާތެއްގަ އެވެ.

އިޝްތިހާރު Below Header ad

މިއަދު ހަދިޔާކޮށްފައިވަނީ ދިރާގުން މިއަހަރުގެ ރޯދަ މަހާއި ފިތްރު ޢީދަށް ޚާއްސަކޮށްގެން ތައާރަފުކުރި ޚާއްސަ ޑޭޓާ ބަންޑަލްތައް ކަސްޓަމަރުން އެކްޓިވޭޓް ކޮށްގެން ލިބުނު ފައިސާގެ 10 އިންސައްތަ އެވެ.

މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީގެ ޗެއަރޕަރސަން ޖީހާން ސަލީމް ވިދާޅުވީ ދިރާގަކީ ދިވެހި ކުންފުނިތަކުގެ ތެރެއިން އެ ސޮސައިޓީއަށް އެންމެ ކުރިންސުރެ ވެސް އެހީތެރިވަމުން އަންނަ އެއް ކުންފުނި ކަމަށެވެ. އަދި ވޭތުވެ ދިޔަ އަހަރުތަކުގެތެރޭ ދިރާގުގެ ފަރާތުން އެކި ގޮތްގޮތުން ލިބުނު އެހީތެރިކަމުގެ ސަބަބުން ގިނަ ގުނަ ފައިދާއާއި ކުރިއެރުން ލިބިފައިވާ ކަމަށެވެ.

” އެހެންކަމުން އަޅުގަނޑުމެންގެ ޕޭޝަންޓުންނާއި ބެލެނިވެރިންގެ ފަރާތުން ދިރާގަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.” ޖީހާން ވިދާޅުވި އެވެ.

ދިރާގުން ވަނީ ވާއިތުވި އަހަރުތަކުގައިވެސް އެކި ޖަމިއްޔާތައް ދިރާގު ރޯދަ ޑޭޓާ ބަންޑަލްތަކުން ލިބުނު ފައިސާގެ 10 އިންސައްތަ ހަދިޔާ ކޮށްފަ އެވެ.

އެގޮތުން ޓައިނީ ހަރޓްސް އޮފް ދަ މޯލްޑިވްސް އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަސަންސް ވިތް ޑިސްއެބިލިޓީސް (އެމްއޭޕީޑީ) އަށް ވަނީ ފައިސާ ހަދިޔާ ކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.