ޖުލައި 1 ވަނަ ދުވަހުން ފެށިގެން އިތުރު ލުއިތަކެއް ދެނީ!

ޖުލައި 1 ވަނަ ދުވަހުން ފެށިގެން އިތުރު ލުއިތަކެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

އެކަން އިޢުލާން ކުރެއްވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުުގަ އެވެ.

އިޝްތިހާރު Below Header ad

ރައީސް ވިދާޅުވީ ދިނުމަށް ނިންމާފައިވާ ލުއި ތަކުގެ ތެރޭގައި ކާފިއު ގަޑި ރޭގަނޑު 8 ން ފަތިހު 4 އަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އަދި ކާފިއު ގަޑި ނޫން އެހެން ގަޑިތަކުގައި ހުރިހައި ވިޔަފާރިތަކެއް ހުޅުވުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ގައިދުކަމާއެކު މިސްކިތްތަކުގައި ނަމާދު ކުރުމުގެ އިންތިޒާމު ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ކާފިއު ނޫން ވަގުތުތަކުގައި ފާހާއި ނުލާ (ބޭރުގައި އުޅުމުގެ ޕަރމިޓް) އުޅެވޭނެ ކަމަށެވެ.

މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ޖުލައި އެކަކުން ފެށިގެން ކެފޭ، ހޮޓާ އަދި ރެސްޓޯރެންޓުތަކުގައި އިންޑައިނިންގ ގެ ޚިދުމަތް ވެސް ދެވޭނެ ކަމަށެވެ. އެގޮތުން ފަތިހު 4 ން ރޭގަނޑު 8 ޖަހަންދެން އެ ޚިދުމަތް ދެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.