ޚަބަރު ފީތާ

ގެވެށި ގުޅުން ކެމްޕޭނަށް ޕާކިސްތާނުން 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި

ގެވެށި ގުޅުން ކެމްޕޭނަށް ޕާކިސްތާނުން 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި އެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަަސް އިން ބުނީ މި ކެމްޕޭނަށް ޕާކިސްތާނު ސަރުކާރުން 2،972،205 (ދެ މިލިއަން ނުވަ ލައްކަ ހަތްދިހަ ދެހާސް ދުއިސައްތަ ފަސް) ރުފިޔާ އެހީގެ ގޮތުގައި ދީފައިވާ ކަމަށެވެ.

މި އެހީގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޖެންޑަރ މިނިސްޓަރ ޢައިޝަތު މުޙައްމަދު ދީދީ އާއި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ. ހާލާ ހަމީދެވެ. ޕާކިސްތާނުގެ ފަރާތުން ސޮއި ކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް އަތަރް މުޚްތާރެވެ.

މިއަދު ސޮއި ކުރި ޖޮއިންޓް މޮނީޓަރިން މެކޭނިޒަމް އާއެކު ޕާކިސްތާނު ސަރުކާރުން ގެވެށި ގުޅުން ކެމްޕޭނަށް ދެއްވާ ރަސްމީ އެހީ ހަމަޖެހިގެންދާނެ އެވެ.

މި ކެމްޕޭނަކީ ގެވެށި އަނިޔާ ހުއްޓުވުމަށް ހޭލުންތެރިކަން އިތުރު ކުރުމަށް 2020 ވަނަ އަހަރު ގެ ޖުލައި މަހު، ޖެންޑަރ މިނިސްޓްރީން އިސްނަގައިގެން ސަރުކާރުން ފެށި ކެމްޕޭނެކެވެ.

ގެވެށި އަނިޔާ އާދެކޮޅަށް މަސައްކަތް ކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުން ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވާ ކަމެކެެވެ.

ޕާކިސްތާނުން މިއަދު ދިން އެހީއާއެކު ކެމްޕޭން އިތުރަށް ފުޅާވެ، އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް މަގު ފަހުވެގެންދާނެ އެވެ. އަދި މި އެހީއަކީ ޒަމާނުއްސުރެ ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮންނަ ގާތް، ބަދަހި ގުޅުމުގެ ރަމްޒެކެވެ.

 

Like
Like Love Haha Wow Sad Angry
%d bloggers like this: