ހުރިހާ ޚަރަދެއް ހިލޭ ލިބޭ 18 ސްކޮލަރޝިޕުގެ ފުރުސަތު ހުޅުވާލައިފި

ހުރިހާ ޚަރަދެއް ލިބޭ 18 ސްކޮލަރޝިޕެއްގެ ފުރުސަތު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ ބެޗްލަރސް އޮފް އޯޑިއޮލޮޖީ އެންޑް ސްޕީޗް ލޭންގުއޭޖް ޕެތޮލޮޖީ އިން 11 ފުރުސަތާއި ބެޗްލަރސް އޮފް އެކިއުކޭޝަނަލް ތެރަޕީ ދާއިރާއިން 7 ފުރުސަތެއް ހުޅުވާލާފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

މިސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް ހަމަޖައްސާނީ ތެރަޕިއުޓިކް ދާއިރާއިން ދިވެހިން ތަމްރީނުކުރުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ބައެއް އަމިއްލަ ފަރާތްތަކާ ގުޅިގެން މިކަމަށް ޚާއްސަ ކޮށްފައިވާ ސްކީމުގެ ދަށުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އޭގެ ތެރޭގައި ދެކޮޅު ޓިކެޓް، ސްޓައިޕެންޑް، އެސްޓަބްލިޝްމަންޓް އެލަވަންސް، ބުކް އެލަވަންސް، ކޯސްފީ އަދި އިންޝުއަރެންސް ހިމެނެ އެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ބެޗްލަރސް އޮފް އޯޑިއޮލޮޖީ އެންޑް ސްޕީޗް ލޭންގުއޭޖް ޕެތޮލޮޖީ ކުރިއަށް ގެންދާނީ އިންޑިޔާގެ ބެންގަލޫރް ގައި ހުންނަ ނަސީމާ އިންސްޓިޓިއުޓް އޮޕް ސްޕީޗް އެންޑް ހިއަރިންގ ގައި ކަމަށެވެ. އަދި ބެޗްލަރސް އޮފް އޮކިއުޕޭޝަނަލް ތެރަޕީ ކުރިއަށް ގެންދާނީ އިންޑިޔާގެ މަނިޕާލް ގައި ހުންނަ މަނިޕާލް އެކަޑެމީ އޮފް ހަޔަރ އެޑިޔުކޭޝަން ގައި ކަމަށެވެ.

މިކޯސްތަކާ ބެހޭ އިތުރު މައުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަން ވީގޮތުގެ އެ މިނިސްޓްރީގެ ވެބްސައިޓް ލިބެން ހުންނާނެ އެވެ. މި ކޯސްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިއަހަރުގެ އޮގަސްޓު މަހުގެ 1 ވަނަ ދުވަހެވެ.

މި ދެ ކޯހުގެ ޝަރުތަކަކީ:

  1. ޖީސީއީ އޯލެވެލް / އައިޖީސީއެސްސީ / އެސްއެސްސީ އިމްތިހާނުގެ ފިޒިކްސް، ކެމިސްޓްރީ އަދި ބަޔޮލޮޖީ ހިމެނޭގޮތައް 05 މާއްދާއިން “ސީ” އިން ފެށިގެން މަތީ ގްރޭޑެއް ހާސިލް ކޮށްފައިވުން.
  2. ޖީސީއީ އޭ ލެވެލް އިމްތިހާނުގެ ފިޒިކްސް، ކެމިސްޓްރީ އަދި ބަޔޮލޮޖީ 03 މާއްދާއިން “ޑީ” އިން ފެށިގެން މަތީ ގްރޭޑެއް ހާސިލް ކޮށްފައިވުން ނުވަތަ ޖީސީއީ އޭ ލެވެލް އިމްތިހާނުގެ ފިޒިކްސް، ކެމިސްޓްރީ އަދި ބަޔޮލޮޖީ ހިމެނޭގޮތައް 02 މާއްދާއިން “ސީ” އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުް ކޮށްފައިވުން.
  3. ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލް ކޮށްފައިވުން.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.