ޚަބަރު ފީތާ

ފުވައްމުލައް ސިޓީގެ ދެ ސްކޫލެއްގައި އިތުރު އިމާރާތެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ފުވައްމުލައް ސިޓީގެ ދެ ސްކޫލެއްގައި އިތުރު އިމާރާތެއް އެޅުމަށް ބަޔަކާއި ޙަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތް ޙަވާލުކޮށްފައިވަނީ އިނޯކާ ޕްރައިވެޓް ލިމިޓެޑާ އެވެ.

މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. އިނޯކާ ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން ޝަމީމެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއީ 2021 ގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތައް ކަމަށެވެ.

މުހައްމަދު ޖަމާލުއްދީން ސްކޫލްގައި 16 ކްލާސްރޫމް އަދި ކޮމްޕިއުޓަރ ލެބް އިމާރާތުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 12 މިލިއަން ރުފިޔާ އަށެވެ. އަދި ފުވައްމުލަކު ސްކޫލްގެ މަލްޓި ޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރީ އަށްމިލިއަން ރުފިޔާ އަށެވެ.

މުހައްމަދު ޖަމާލުއްދީން ސްކޫލްގައި ކުރިޔަށް ގެންދާ މަޝްރޫއު 365 ދުވަސް ތެރޭގައި ނިންމާނެ ކަމަށާއި ފުވައްމުލަކު ސްކޫލްގައި ކުރިޔަށް ގެންދާ މަޝްރޫއު 330 ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް އިނޯކާއިން ބުނެ އެވެ.

Like
Like Love Haha Wow Sad Angry