55 މެމްބަރުންގެ ތާއީދާއެކު ފިޝަރީޒް މިނިސްޓަރގެ މަގާމަށް ޑރ. ހުސައިން!

55 މެމްބަރުންގެ ތާއީދާއެކު ފިޝަރީޒް މިނިސްޓަރގެ މަގާމަށް ޑރ. ހުސައިން ރަޝީދު ހަސަން އަށް ރުހުންދީފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޑރ. ހުސެއިން ފިޝަރީޒް މިނިސްޓަރ ކަމަށް އައްޔަނުކުރެއްވީ މިދިޔަ މެއި މަހުގެ ފަސް ވަނަ ދުވަހު އެވެ.

އިޝްތިހާރު Below Header ad

އޭނާ އަށް މަޖިލީހުން ރުހުން ދިނުމުގައި ލަސްތަކެއް ކުރިމަތިވެގެންދިޔައީ، ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރި، މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް އެކަމުގައި ގާނޫނީ ހުރަސްތަކެއް ހުރި ކަމަށް ބެލެވުމުން ނެވެ. އެއީ ޑރ. ހުސެއިން އަކީ ކުންފުންޏެއްގެ ޝެއަރ ހޯލްޑަރަކަށްވުމުން ގާނޫނު އަސާސީގެ 130 ވަނަ މާއްދާ އާއި 136 ވަނަ މާއްދާއާއި ފުށުއަރާކަމަށް ކޮމިޓީގެ ބައެއް މެމްބަރުން ވިދާޅުވުމުން ނެވެ.

އެހެންނަމަވެސް ގާނޫނު އަސާސީގެ 130 ވަނަ މާއްދާއަކީ ވަޒީރުންގެ ކިބައިގައި ހުރުން ލާޒިމް ޝަރުތުތައް ބަޔާންކުރާ މައްދާ ކަމަށްވާއިރު މި މާއްދާ އޮތް ގޮތުން ޑރ. ހުސެއިންއަށް ރުހުން ނުދެވޭނެ ސަބަބެއް ނެތެވެ. 136 ވަނަ މާއްދާއަށް ބަލާލާއިރު އެ މާއްދާގައި އޮތީ ވަޒީރުންގެ މަޖިލީހުގެ މެމްބަރެއް ސަރުކާރުގެ މަގާމެއް، ނުވަތަ މަންފާއެއް ލިބޭ އެނޫންވެސް މަގާމެއް ފުރުއްވައިގެން ނުވާނެ ކަމަށެވެ.

މި މައްސަލައިގައި ރައީސް އޮފީހުގެ ލަފަޔަކަށް ކޮމިޓީން އެދުމުން ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް، އަހުމަދު އަބްދުﷲ އަފީފް އެރުވި ލަފާގައި ވިދާޅުވެފައިވަނީ ޑރ. ހުސެއިން އެންވަޔަރަމެންޓް މިނިސްޓަރުކަން ކުރެއްވިއިރުވެސް، އޭނާ އަކީ ކުންފުންޏެއްގެ ޝެއަރ ހޯލްޑަރެއް ކަމަށެވެ.

މިކަން ފާހަގަކުރައްވާ އޭނާ ވިދާޅުވެފައިވަނީ އޭނާ އެ މަގާމަށް އައްޔަނުކުރެއްވީ ވަޒީރުކަމަށް ޝަރުތު ފުރިހަމަވޭތޯ ރައީސް އޮފީހުންނާއި މަޖިލީހުން ވެސް ކަށަވަރުކުރުމަށްފަހު ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.