ސާރާ ލޯބިކުރާ ދެ ކުލައެއް، ކެމެރާތަކަށް އެކަން ފާހަގަވީ އަދިކިރިޔާ!

ބޮލީވުޑްގެ ބަތަލާ އަދި ސައިފް އަލީ ހާންގެ ދަރިފުޅު ސާރާ އަލީ ހާން ވަރަށް ލޯބި ކުރާ ދެ ކުލައެއް ވާކަން ނޫސްވެރިންނަށް ފާހަގަވާން ފެށީ ދާދި ފަހުންނެވެ.

ސާރާ އަކީ އާންމުކޮށް ގެއިން ބޭރަށް ކޮންމެ ގަޑިއެއްގައި ނުކުތަސް ވަރަށް ސްޓައިލްކޮށް ހުންނަ ބަތަލާއެކެވެ. ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ސާރާ ލާ ހެދުންތަކަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭ ހެދުން ތަކެކެވެ.

އިޝްތިހާރު Below Header ad

އެގޮތުން އޭނާ ދިގު ގައުންއެއް، ޓިއުބެއް ނުވަތަ އިންޑިއަން ސްޓައިލް ހެދުމެއް ލިޔަސް ހާއްސަ ކަމެއް ގެންގުޅޭކަން ވަނީ ފާހަގަވެފައި އެވެ. އެއީ ސާރާގެ ހުރިހާ ހެދުމެއްގައިހެން ކަޅާއި ހުދު ހުރުމެވެ.

ބޮޑެތި ހަފްލާތަކާއި ޕާޓީތަކުގައި އޭނާ ބައިވެރިވާއިރުވެސް އެ ދެ ކުލަ ނުހިމެނޭ ހެދުމެއް ނުލައޭ ބުންޏަސް ދޮގަކަށް ނުވާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

sara ali khan black white monochrome fashion

ހެދުން އެކަންޏެއް ނޫނެވެ. ސާރާ އަރާ ފައިވާންތަކާއި ބޫޓުތަކުގައިވެސް އެ ދެކުލަ ނުހިމެނެނީ ވަރަށް މަދު ފަހަރަކު އެވެ.

ހާއްސަކޮށް އޭނާ 2018 ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި ދުވަސްވަރު މީޑިއާގައި އާންމުވި ފޮޓޯ އަކީ އެ ދެ ކުލައިގެ މުހިންމުކަން ސާރާގެ ފަރާތުން ހާމަ ކުރުން ކަމަށް މިހާރު ގަބޫލު ކުރެވެ އެވެ. އެ ފޮޓޯގައި އޭނާ ލައިގެން ހުރީ ކަޅާއި ހުދު ގޮޅި ޖަހާފައި ހުރި ކުރު ހެދުމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.