ޚަބަރު ފީތާ

ޔޫރޯ 2020 ގަދަ 16: ޕޯޗުގަލް – ބެލްޖިއަމް

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ އެންމެ ވަރުގަދަ އެއް ކުރިމަތިލުމަކީ އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް އާއި ބެލްޖިއަމްގެ ކުރިމަތިލުމެވެ.  މިރޭގެ މި މެޗަކީ ގިނަބަޔަކު ކެއްތެރިކަމެއް ނެެި މިހާރުވެސް އިންތިޒާރުކުރަމުން ގެންދާ މެޗެއްކަމުގައި ފާހަގަކޮށްލަން ޖެހެއެވެ.

މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޕޯޗުގަލް އަށް ޖާގަ ލިބުނީ ވަރުގަދަ ޓީމުތައް ހިމެނުނު މަރުގެ ގްރޫޕް އެފްގެ ތިންވަނަ ޓީމުގެ ގޮތުގައެވެ. ދެވަނަބުރު ކަށަވަރުވީ ތިންވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރެގެންނެވެ.

ބެލްޖިއަމް ގަދަ 16 ވަނަ ބުރުން ޖާގަ ހޯދީ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެ ޓީމު ވަނީ ގްރޫޕުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެފައެވެ.

ޕޯޗުގަލް ގުރޫޕް ސްޓޭޖުގައި ނެރެފައިވާ ނަތީޖާތަށް

ޕޯޗުގަލް ގަދަ 16 އިން ޖާގަ ހޯދީ ގުރޫޕް އެފްގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެ، އެއްމެޗުން ބަލިވެ ޖުމްލަ ހަތަރު ޕޮއިންޓް ހޯދައިގެން ގުރޫޕުގެ ތިންވަނަ ޓީމުގެ ގޮތުގައެވެ.

ޕޯޗުގަލް 3 – ހަންގޭރީ 0

ޕޯޗުގަލް 2 – ފްރާންސް 2

ޕޯޗުގަލް 2 – ޖަރުމަން 4

ޖުމްލަ ޕޮއިންޓް: 4

ޕޯޗުގަލް އާއި ދެކޮޅަށް މިރޭ ނިިކުންނަ ބެލްޖިއަމް ގަދަ 16 އިން ޖާގަ ހޯދީ ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެގެންނެވެ.

ބެލްޖިއަމް ގުރޫޕް ސްޓޭޖުގައި ނެރެފައިވާ ނަތީޖާތައް

ބެލްޖިއަމް ގަދަ 16 އިން ޖާގަ ހޯދީ ގުރޫޕް ބީގައި ކުޅުނު ތިން މެޗުންވެސް މޮޅުވެގެން ޖުމްލަ ނުވަ ޕޮއިންޓު ހޯދައިގެން ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ބެލްޖިއަމް 2 – ޑެންމާކް 1

ބެލްޖިއަމް 3 – ރަޝިއާ 0

ބެލްޖިއަމް 2 – ފިންލެންޑް 0

ޖުމްލަ ޕޮއިންޓް: 9

ޕޯޗުގަލް އަދި ބެލްޖިއަމް ތާރީޚީ ކުރިމަތިލުންތައް

ޕޯޗުގަލް އަދި ބެލްޖިއަމް މީގެ ކުރިން 18 ފަހަރު ބައްދަލުކޮށްފައިވެއެވެ. އޭގެ ތެރެއިން ހަ  ފަހަރު ޕޯޗުގަލް މޮޅުވެފައިވާއިރު، ބެލްޖިއަމްއަށް  މޮޅުވެފައިވަނީ ފަސް ފަހަރުއެވެ. ހަތް މެޗުން ވަނީ އެއްވަރުވެފައެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2018 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައެވެ. އެ ފަހަރުގެ މެޗު ވަނީ 0-0 އިން އެއްވަރުވެއެވެ.

މިރޭގެ މެޗަށް ނިކުންނައިރު ދެޓީމުގެ މިވަގުތުގެ ހާލަތު

ބެލްޖިއަމް

މިރޭގެ މެޗަށް ނިކުންނައިރު، ބެލްޖިއަމްގައި އަނިޔާގެ އެއްވެސް މައްސަލައެއް އަދި ސަސްޕެންސަނުގެ މައްސަލައެއް ވެސް ނެތެވެ.

ޕޯޗުގަލް

މިރޭ ބެލްޖިއަމްއާއި ދެކޮލަށް ނިކުންނައިރު، ޕޯޗުގަލްގައިވެސް އަނިޔާގެ މައްސަލައެއް އަދި ސަސްޕެންޝަނުގެ މައްސަލައެއް ވެސް ނެތެވެ.

ބެލްޖިއަމް އަދި ޕޯޗުގަލް ބައްދަލުކުރާ މި މެޗު ފަށާނީ މިރޭ ރާއްޖޭގަޑިން ދަންވަރު 12 ޖަހާއިރުގައެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: