އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅުވައިގެން މެމްބަރ ޝިޔާމުގެ ބަހުގެ ހަމަލާތަކެއް!

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމުގެ ބަހުގެ ހަމަލާތަކެއް އެމްޑީޕީ އަށް އަމާޒުކޮށްފި އެވެ.

މާލޭ ލޮނުޒިޔާރަތް ކޮޅުގައި އެމްޑީޕީން މީގެކުރިން ނަގާފައިވާ ދިދައެއް ވަރަށް ބޮޑަށް ހަލާކުވެފައިވާ މަންޒަރާއެކު ޝިޔާމު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ “ކަނޑުގަދަވެ ފައްސިޔަކޮށްލި ވަގުތު ފެތުނު އޮޑިންއެރި ފަޅުވެރިން ގިނަމަޑުލުން ދިޔަހިލުވާލި. ފައިބަންޖެހުނީ އަހުލުވެރިން. ހަސަނުދެފައި މުޅިއޮޑިފުރާލާ ދިޔަމަތަނުކުރެވި އަސްލު ގެއްލިއްޖެ ކަމަށް އަސްލުވެރިން އެބަބުނޭ. ބޮޑީ16. ފެތުނީ އޮޑި. މަރުޙަބާތޯ! ތަޢުޒިޔާތޯ!” މިފަދައިން ނެވެ.

އިޝްތިހާރު Below Header ad

ލަފާކުރެވޭ ގޮތުގައި މިއީ އެމްޑީޕީގެ އެތެރޭގެ ކޯޅުންގަނޑު މިފަހަކަށް އައިސް ވަރަށް ބޮޑަށް ފާޅުވަމުންދާއިރު، އެކަމަށް އަމާޒު ކުރައްވާފައިވާ ޓްވީޓެކެވެ.

މީގެ އިތުރުން ޕާޓީގެ އިސްވެރިންގެ ތެރެއިން އެއް ބަޔަކު ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަހަތްޕުޅުގައި އަނެއް ބަޔަކު ތިއްބެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެއްކޮށް ކަމަށް ދެކވޭ ވާހަކަތަކަށް މި ޓްވީޓުގައި ޢިޝާރާތް ކޮށްފައިވާ ކަމަށް ވެސް ބެލެވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.