ކާންދޭ އަތުގައި ދަތް ނާޅާ ގެ ނަމުގައި ސުލްހަވެރި އަޑު އުފުލުމެއް ބާއްވަނީ!
“ކާންދޭ އަތުގައި ދަތް ނާޅާ” ގެ ނަމުގައި ސުލްހަވެރި އަޑު އުފުލުމެއް ބާއްވަން ނިންމައިފި އެވެ.
ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިއީ ރެސްޓޯރެންޓު، ކެފޭ ހިންގާ ފަރާތްތަކުން ބާއްވާ ސުލްހަވެރި އަޑު އުފުލުމެއް ކަމަށެވެ. އަދި މި ހަރަކާތް އޮންނާނީ މި ޖޫން މަހުގެ 28 ވަނަ ދުވަހު ހަވީރު 4 ޖަހާ އިރު، ކާނިވާ ސަރަހައްދުގައި ކަމަށެވެ.
އެފަރާތުން ބުނީ މިފަދަ އަޑު އުފުލުމަކަށް ދާން ޖެހުނީ އެ ސިނާއަތުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކެއްގެ ކަންބޮޑުވުމާއި އާދޭސް ސަރުކާރުގެ ހުރިހައި މުވައްސަސާތަކެއްގައި ދަންނަވައިގެން ވެސް އެކަށީގެންވާ އެހީތެރިކަމާއި އިޖާބަދީފައި ނުވާތީ ކަމަށެވެ.
މި ހަރަކާތާއި ގުޅިގެން ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) ގެ ރައީސް ޙާމިދު ޢަފީފު ވިދާޅުވީ ސުލްހަވެރި އަޑުއުފުލުމަށް ދާން ނިންމީ ރޭމްގެ ބޯޑު މީޓިންގ ގެ އަޣުލަބިއްޔަތުން ކަމަށެވެ. އަދި ވިޔަފާރިވެރިން އަބަދު ވެސް މަސައްކަތްކުރަނީ އެ އިރެއްގައި އޮންނަ ދައުލަތާއި އެކުގައި ކަމަށެވެ.
“ރައީސް ސޯލިހަށް ފޮނުވާ މެއިލްތައް ނުލިބޭ ކަމަށް ބުނަނީ. އެކަމަކު މިދިޔަ ފެބްރުއަރީ މަހު ވެސް މެއިލް ކުރިން. ފޮނުވިން. ދެން ނޭނގެ ނުލިބެނީ ކަމެއް، އެއީ ކީއްވެ ވާ ގޮތެއް ކަމެއް.” ހާމިދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެޗްޕީއޭ އާ މަޝްވަރާކުރުމަށް ތަކުރާރުކޮށް އެދެމުންދާ ކަމަށާއި ރޭމް އިން މިހާރުފޮނުވާ މެއިލްތަކަށް ޖަވާބު ވެސް ނުދޭ ކަމަށެވެ.
އޭނާ ވިދާޅުވީ ރޭގަނޑު 12 ގެ ފަހުން ވެސް ކާބޯތަކެެތި ޑެލިވަރީ ކުރާ މީހުން އުޅޭ ކަމަށާއި އެކަންކަމަށް އަޅާލާނެ ފަރާތެއް ނެތް ކަމަށެވެ. އެކަމަކު ކެފޭ، ރެސްޓޯރެންޓު ހިންގާ ފަރާތްތައް “އިނދަ” ޖެހުނު އިރު، އެކަމަށް ހައްލެއް ހޯދައި ނުދެވުނު ކަމަށެވެ.
“އަޅުގަނޑުމެން ރެސްޓޯރެންޓު ހިންގާ މީހުން މިތިބީ އިނދަ ޖެހިފަ އިނގޭތޯ، އަނބިދަރިން ގޮވައިގެން އުޅެވޭކަށް ނެތް. މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް ނެތް. އަދި ތަނުގެ ކުލި ދެއްކޭނެ ގޮތެއް ވެސް ނެތް.” އަސަރާއެކު ޙާމިދު ވިދާޅުވި އެެވެ.
ޙާމިދު ވިދާޅުވީ ސުލްހަވެރި އަޑު އުފުލުމުން ހައްލެއް ނުލިބިއްޖެ ނަމަ، ޖުޑީޝަރީއަށް ވެސް ދާން ބޯޑު މީޓިންގ ގައި ނިންމާފައިވާ ކަމަށެވެ. އަދި އެވަރުން ނުވެއްޖެ ނަމަ، ކެފޭ، ރެސްޓޯރެންޓުތައް ހުޅުވަން ނިންމާފައިވާ ކަމަށެވެ.
“ދެން އެހެންގޮތެއް ނެތިއްޔާ ކެފޭތަކާއި ރެސްޓޯރެންޓުތައް ހުޅުވާނީ. އެމީހުން ކުރާކަމެއް ކުރާނީ ފަހުންތާ. މިހާރުދެން އެނޫން ގޮތެއް ނެތް.” ޙާމިދު ވިދާޅުވި އެވެ.
“Kaandhey Athuga Dhai Naalhaa”
namuga café restaurant thah hingaa faraaihthakun bavvaa sul’haveri adu ufulun,
28th June 2021 Monday 16:00 gai Carnival Stage sarahaddhuga onnaane, mi sinaa’athugai ulhuvvaa hurihaa beyfulhun mi sul’haveri evvemugai baiveri vumah dhauhvathu aruvan,— Restaurant Association of Maldives (@restaurantmv) June 26, 2021
ހުރިހާ، ސިނާޢަތެއްވެސް، މިޕެންޑަމިކުގަ، އެހާލުގަ، އިތްކަންސަރުކާރަށް، އެނގޭ، އެހެންވެގެން، ދިހަމިލިޔަނާއި، ހަމައަށް، ދޭލޯނުއެހީއެއްދޭން، އެނިންމީ،، މިދަނޑިވަޅުގައި، ޖެހޭނީޖެއްތެރިވެގެން، ރިބެ، އިއްޔެގެގާލަތަށް، ރުޖޫޢަވެވޭތޯ، ގުޅިގެން، މަސަތްކަތްކުރަން،