ޚަބަރު ފީތާ

ވަމިކާ ވިހޭންސުރެ އަނުޝްކާ ބޮލުން އިސްތަށި ފައިބަނީ، މިހާރު ހައްލެއް ލިބިއްޖެ

ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާގެ ބޮލުން އިސްތަށި ފައިބާ މައްސަލައަށް އެންމެ ފަހުން ހައްލެއް ލިބިއްޖެ އެވެ.

މިކަމުގައި އޭނާއަށް އެހީތެރިކަން ފޯރުކޮށްލަ ދިނީ ބޮލީވުޑްގެ ބަތަލާ ސޯނަމް ކަަޕޫރެވެ. ސޯނަމް އާއި އަނުޝްކާ މިވަގުތު ހުރީ އިނގިރޭސިވިލާތުގެ ލަންޑަންގައި އެވެ.

އަނުޝްކާ ބޮލުން އިސްތަށި ފައިން ފަށާފައިވަނީ މިދިޔަ ޖެނުއަރީ މަހު ފުރަތަމަ ދަރިފުޅު ވަމިކާ ޝަރުމާ ކޮއްލީ ވިހޭފަހުން ކަމަށެވެ.

އަނުޝްކާ ކޮށްފައިވާ އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައިވަނީ ބޮލުން އިސްތަށި ފޭބުމުގެ މައްސަލަ ހައްލުވެފައިވާ ކަމަށެވެ. ލަންޑަންގައި ހުރި އެކަމަށް ފަރުވާދޭ ރަނގަޅު ތަނެއް ބުނެދިނީ ސޯނަމް ކަމަށް ބުނެ އަނުޝްކާ ވަނީ އޭނާއަށް ޝުކުރު އަދާ ކޮށްފައި އެވެ.

އަނުޝްކާ އިނގިރޭވިލާތަށް ގޮސް އުޅެނީ ފިރިމީހާ ވިރާޓް ކޮއްލީ އާއި އެކު ވޯލްޑް ޓެސްޓ ޗެމްިއަންޝިޕަށެވެ.

ސޯނަމް ދިރިއުޅެނީ ފިރިމީހާ އަނަންދު އަހޫޖާ އާއި އެކު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި އެވެ.

Like
Like Love Haha Wow Sad Angry