ކޮލަމްބިއާގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރަށް ބަޑިން ހަމަލާދީފި

ކޮލަމްބިއާގެ ރައީސް އައިވަން ޑުކީ ދަތުރު ކުރެއްވި ހެލިކޮޕްޓަރަށް ބަޑިން ހަމަލާ ދީފި އެވެ.

ރައީސް އައިވަން ދަތުރު ކުރައްވަމުން ގެންދެވީ އެ ގައުމުގެ ސަންޓެންޑާ ޕްރޮވިންސްގެ ވެރިރަށް ކުކުތާ ސިޓީ އަށެވެ. އަރިހުގައި ކޮލަމްބިއާގެ ޑިފެންސް މިނިސްޓަރާއި ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި އިސްވެރިން ތިއްބެވި ކަމަށް ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އިޝްތިހާރު Below Header ad

މި ހަމަލާއާއި ގުޅިގެން ރައީސް އައިވަން ވިދާޅުވީ މި ހަމަލާގައި ހެލިކޮޕްޓަރަށް ގެއްލުންވި ނަމަވެސް އެއްވެސް ބޭފުޅަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ރައީސް އައިވަން ވިދާޅުވީ އެގޮތަށް ދޭ ހަމަލާ އަކާއި ގުޅިގެން ބިރުގަނެ ސަރުކާރުން ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ.

އެގޮތުން މަސްތުވާތަކެއްޗާއި އެތަކެތި ޓްރެފިކް ކުރުމުގެ އިތުރުން ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް އޭނާގެ ސަރުކާރުން ހުއްޓުމެއް ނެތި އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ރައީސް އައިވަން ވިދާޅުވެފައިވެ އެވެ.

އެ ގައުމުގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރަށް ހަމަލާދިން މީހުން ހޯދުމަށް އަސްކަރިއްޔާއިން ވަނީ ވަރުގަދަ އޮޕަރޭޝަނެއް ފަށާފައި އެވެ.

ހެލިކޮޕްޓަރަށް ހަމަލާ ދީފައިވަނީ ކުކުތާ ސިޓީގެ ވައިގެ ސަރަހައްދުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.