ޚަބަރު ފީތާ

ޔޫރޯ 2020: ގަދަ 16 ގެ ކުރިމަތިލުންތައް މިރޭ ފަށަނީ، އެންމެ ފުރަތަމަ ވޭލްސް އާއި ޑެންމާކުގެ ކުރިމަތިލުން

ޔޫއެފާ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ ކުރިމަތިލުންތައް މިރޭ ފަށާނެއެވެ.

ގަދަ 16 ވަނަ ބުރުގެ ކުރިމަތިލުންތައް މިރޭ ފަށާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ވޭލްސްއާއި ޑެންމާކެވެ.

ވޭލްސް ގަދަ 16 ވަނަ ބުރަށް ދަތުރުކުރީ ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ވޭލްސް ގުރޫޕް ސްޓޭޖުގައި ނެރެފައިވާ ނަތީޖާތަށް

ވޭލްސް ގަދަ 16 އިން ޖާގަ ހޯދީ ގުރޫޕް އޭގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެ އެއްމެޗުން ބަލިވެ ޖުމްލަ ހަތަރު ޕޮއިންޓު ހޯދައިގެން ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ވޭލްސް 0 – އޮޓަލީ 1

ވޭލްސް 2 – ތުރުކީ 0

ވޭލްސް 1 – ސްވިޒަލެންޑް 1

ޖުމްލަ ޕޮއިންޓް: 4

ވޭލްސްއާއި ދެކޮޅަށް މިރޭ ނިިކުންނަ ޑެންމާކު ގަދަ 16 އިން ޖާގަ ހޯދީ ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ޑެންމާކް ގުރޫޕް ސްޓޭޖުގައި ނެރެފައިވާ ނަތީޖާތައް

ޑެންމާކް ގަދަ 16 އިން ޖާގަ ހޯދީ ގުރޫޕް ބީގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ ދެން ކުޅުނު ދެ މެޗުން ވެސް ބަލިވެ ޖުމްލަ ތިން ޕޮއިންޓު ހޯދައިގެން ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެ ގުރޫޕުގައި ހިމެނުނު ފިންލެންޑަށް ވެސް ޑެންމާކާއި އެއްވަރަށް ޕޮއިންޓު ލިބުނުއިރު، ޑެންމާކަށް ދެވަނަ ލިބުނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ޑެންމާކް 0 – ފިންލެންޑް 1

ޑެންމާކް 1 – ބެލްޖިއަމް 2

ޑެންމާކް 4 – ރަޝިއާ 1

ޖުމްލަ ޕޮއިންޓް: 3

ޑެންމާކް އަދި ވޭލްސްގެ ތާރީޚީ ކުރިމަތިލުންތައް

ވޭލްސް އަދި ޑެންމާކް މީގެ ކުރިން 10 ފަހަރު ބައްދަލުކޮށްފައިވެއެވެ. އޭގެ ތެރެއިން ހަ ފަހަރު ޑެންމާކް މޮޅުވެފައިވާއިރު، ވޭލްސް މޮޅުވެފައިވަނީ ހަތަރު ފަހަރުއެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2018 ވަނަ އަހަރު ނޭޝަންސް ލީގުގައެވެ. އެ ފަހަރުގެ މެޗުން 1-2 އިން މޮޅުވެފައިވަނީ ޑެންމާކްއެވެ.

ޑެންމާކް އަދި ވޭލްސް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖޭގަޑިން 9 ޖަހާއިރުގައެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: