ޚަބަރު ފީތާ

އެމެރިކާގެ މަޔާމީގެ އިމާރާތް ވެއްޓި ދަށުވި ގިނަ މީހުން އަދިވެސް ސަލާމާތް ނުކުރެވޭ!

އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ މިޔާމީ ސިޓީގެ 12 ބުރީގެ އިމާރާތެއް ވެއްޓި އިމާރާތުގެ ދަށުވި ގިނަ މީހުން އަދިވެސް ސަލާމަތް ނުކުރެވޭ ކަމަށް އެ ސިޓިގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

މި އިމާރާތް ހުންނަނީ ގޮނޑުދޮށް ސަރަހައްދުގައި އެވެ. މިދިޔަ ބުރާސްފަތި ދުވަހު ވެއްޓުނު މިި އިމާރާތުގެ ދަށުވެގެން މަރުވެފައިވަނީ ހަތަރު މީހުންނެވެ.

އިމާރާތުގެ ދަށުން ދިރިތިއްބަ މިހާތަނަށް ސަލާމަތް ކުރެވިފައިވަނީ 35 މީހުންނެވެ. އަދި އިމާރާތުގެ ދަށުގައި ތާށިވެފައި ތިބި 120 މީހުންނަކީ ކޮން ބައެއްކަން ދެނެގަނެވިފައިވާ ކަަށް ބުނެ އެވެ.

ސިޓީގެ ކަމާ ބެހޭ އިދާރާތަކުން ބުނީ ލިބުނު މައުލޫމާތުތަކަށް ބަލާއިރު އަދިވެސް އިމާރާތުގެ ދަށުގައި 159 މީހަކު ވެއްޖެ އެވެ. މީގެ އިތުރުން މައުލޫމާތު ނޭނގޭ ގިނަ ބަޔަކުވެސް އިމާރާތުގެ ދަށުގައި ތަށިވެފައިވާ ކަމަށް ބެލެވޭ ކަމަށް ބުނެފައިވެ އެވެ.

މި ހާދިސާ އާއި ގުޅިގެން އެ އިމާރާތާއި ޖެހިގެން ހުރި ހުރިހާ އިމާރާތަކުން ވަނީ މީހުން ހުސްކޮށްފައި އެވެ.

ވެއްޓުނު އިމާރާތަކީ 1981 ވަނަ އަހަރު އިމާރާތް ކޮށްފައިވާ ކޮންޑޯއެކެވެ. އެ އިމާރާތުގައި 136 އެޕާޓްމެންޓު ހުންނަ ކަމަށްވެ އެވެ.

Like
Like Love Haha Wow Sad Angry