ފްލެޓް ލިބުނު މީހުންނަށް ފްލެޓް ދައްކާލުން މިއަދު އޮންނާނެ!

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ފްލެޓް ދައްކާލުން މިއަދު އޮންނާނެ ކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފި އެވެ.

މިއީ ފްލެޓް އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން ތަން ބަލާލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

އިޝްތިހާރު Below Header ad

އެގޮތުން ފްލެޓު ލިބިފައިވާ ފަރާތްތަކަށް މިއަދުން ފެށިގެން 4 ޖުލައި ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ފުލެޓުތައް ބަލައިލުމުގެ ފުރުޞަތު އޮންނާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

އެޗްޑީސީން ބުނީ ފުލެޓުތައް ދެއްކުން ކުރިއަށް ގެންދަާނީ ކޮންމެ ދުވަހެއްގެ ހަތަރު ދަންފަޅިއަކަށް ބަހާލައިގެން ކަމަށެވެ. އަދި ކޮންމެ ފުލެޓަކުންވެސް، ފުލެޓު ބެލުމުގެ ފުރުޞަތު ދެވޭނީ ގިނަވެގެން ދެފަރާތަކަށް ކަމަށެވެ.

“ފްލެޓު ބަލަން ދާ ފަރާތުގެ އައިޑީކާޑުގެ އަސްލު ގެންދަން ޖެހޭނެ. ފްލެޓު ބަލަން ވެރިފަރާތަށް ހާޒިރު ނުވެވޭނަމަ، ބަދަލުގައި ހާޒިރުވާ ފަރާތުން، ވެރިފަރާތުގެ އައިޑީ ކާޑުގެ ސާފު ފޮޓޯއެއް ގެންދަން ޖެހޭނެ. ފުލެޓު ބަލަން ހާޒިރުވާ ފަރާތްތަކުން ފުލެޓު ބަލަން އަންނަ ފަރާތްތަކުގެ ހާޒިރީ ގައި ނަން ނޯޓުކޮށް ސޮއިކުރަން ވަނީ ހަމަޖެހިފަ. އެހެންކަމުން، ކޮންމެ ފަރާތަކުންވެސް އަމިއްލަ ގަލަންފަދަ ތަކެތި ގެންދަންވާނެ.” އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން އިތުރަށް ބުނީ މި ފުރުސަތުގައ ފްލެޓް ބަލަން ހާޒިރުނުވެވޭ ފަރާތްތަކަށް ފްލެޓް ދައްކާނީ އެއްބަސްވުމުގައި ސޮއިކޮށް ފްލެޓް ހަވާލުކުރާ ދުވަހު ކަމަށެވެ. އަދި މި ފްލެޓުތައް ދެއްކުމަށް ހުޅުވާލުމުގެ މަޤުޞަދަކީ ފުލެޓު ލިބިފައިވާ ފަރާތްތަކުން، ފުލެޓު އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެފަރާތަކަށް ލިބިފައިވާ ފުލެޓު ބަލައި، ފުލެޓަށް ވަނުމަށް ކުރަންޖެހޭ މަސައްކަތްތުގެ އަންދާޒާއެއް ހެދުމަށް ކަމަށެވެ.

މީގެ އިތުރުން ވާންޖެހޭ ތައްޔާރީތަކަށް ބޭނުންވާނެ ފުލެޓުގެ މިންތައް ނެގުމަށް ފުރުސަތު ދިނުން ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.