އެމްޑީޕީގެ އަހަރީދުވަސް ފާހަގަކުރުމަށް ބާއްވާ ޚާއްސަ ހަރަކާތް މާދަމާ ފަށަނީ!

އެމްޑީޕީގެ އަހަރީދުވަސް ފާހަގަކުރުމަށް ބާއްވާ ޚާއްސަ ހަރަކާތް މާދަމާ ފަށާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެ ޕާޓީގެ ޗެއަރޕާރސަން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ މިއަހަރުގެ އަހަރީދުވަސް ފާހަގަކުރުން ފަށާނީ ހޮނިހިރު ދުވަހުގެ ހެނދުނު އެމްޑީޕީ ހަރުގޭގައި އޮންނަ ދިދަ ނެގުމުގެ ރަސްމިއްޔާތަކުން ކަމަށެވެ. އަދި އެއަށްފަހު ޤައުމީ މަޖިލީޙުގެ ހާއްސަ ޖަލްސާއަކާއި މީސްމީޑިޔާ އެޕްލިކޭޝަން ކްލަބް ހައުސްގައި “ކްލަބް ހައުސް އެމްޑީޕީ ހަރުގެ” ލޯންޗްކުރުން އޮންނާނެ ކަމަށެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން އަހަރީ ދުވަހާއި ގުޅުވައިގެން ހިންގާ ހަރަކާތްތައް ޖުލައި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި

“ގްރާސް ރޫޓް އަޑު ގެ ނަމުގައި ފޯން ކޯލުގެ ޒަރިއްޔާއިން ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި އެމްޑީޕީގެ އާންމު މެންބަރުންގެ އަޑާއި އެ މެންބަރުން އެކި ކަންކަމުގައި ދެކޭ ގޮތުގެ ޝުޢޫރު ފާޅު ކުރުމުގެ ހަރަކާތެއް 3 ދުވަހަށް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ވެސް ހަސަން ލަތީފު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ހަސަން ލަތީފު ވަނީ ޖުލައި މަހު ފަހުކޮޅު ބާއްވާ ހަރަކާތްތަކުގައި ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވަޑައިގަންނަވާނެ ކަމަށް ވިދާޅޫވެފަ އެވެ.

މަލްޓީ ޕާޓީ ސިސްޓަމް ދިވެހިރާއްޖެއަށް ތަޢާރަފުކޮށް، އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީ، އެމްޑީޕީ އުފެދުނީ، 2005 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.