ސީމަނުން އެވާ ގުރުބާނީއާއި އެމީހުންގެ ބުރަ މަސައްކަތުގެ އަގު ވަޒަން ނުކުރެވޭ: މިނިސްޓަރ ނަހުލާ

ސީމަނުން އެވާ ގުރުބާނީއާއި، އެމީހުންގެ ބުރަ މަސައްކަތުގެ އަގު ވަޒަްނ ނުކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ އިންޓަރނޭޝަނަލް ސީ ފެއަރަރސް ޑޭ ނުވަތަ ބައިނަލް އަޤްވާމީ ކަނޑު އުޅަދު ފަހަރުގެ ފަޅުވެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގަ އެވެ.

އިޝްތިހާރު Below Header ad

މިނިސްޓަރ ވިދާޅުވީ، ދޭދޭ ޤައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރިއާއި އިޤްތިޞާދީ މުޢާމަލާތްތައް ބަރޯސާ ވެފައިވަނީ ކަނޑު ދަތުރުފަތުރުގެ މައްޗަށް ކަމަށެވެ. އަދި އެއްރަށުން އަނެއް ރަށަށް، އެއް ޤައުމުން އަނެއް ޤައުމަށް، މުދާ އުފުލުމުގެ ހަރަކާތްތައް ނުހުއްޓި ދެމިއޮތުމަކީ އިންސާނީ ތަރައްޤީގައި ޒަރޫރީ ކަމެއް ކަމަށެވެ.

“ފުރާނަޔަށް ނުރައްކާވާފަދަ ބައްޔެއް ދުނިޔޭގައި ފެތުރެމުންދާ މިދަނޑިވަޅުގައި، ސީމަނުންނަށް ކުރިމަތިވެފައިވާ ޙައްލުކުރަން ދަތި ބޮޑެތި މައްސަލަތައް އެބަހުރި. އެމީހުންގެ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވިނަމަވެސް، އެމީހުންގެ ބަދަލުގައި ވަޒީފާއަށް އަންނަން ތިބި ސީމަނުންނަށް އާދެވޭނެ ގޮތެއް ނެތިގެން، އަމިއްލަ ވަޒަނަށް އަނބި ދަރީންނާއި، އާއިލާ ގާތަށް ނުދެވި، ބޯޓު ފަހަރުގައި ހައްޔަރުވެފައި ތިބި އެތައް ހާސް ސީމަނުން ތިބިއިރު، އެ ހިތްދަތިކަމާ ވޭނަކީ ސީމަނުންގެ އާއިލާތައް ފިޔަވައި އެހެން ބަޔަކަށް ތަޞައްވަރު ކުރެވޭނެ ކަމެއްނޫން. ރާއްޖެއަކީ ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމަކަށްވެފައި، ދަތުރު ފަތުރުގެ ނިޒާމު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ، ކަނޑު މަގުން.” މިނިސްޓަރ ނަހުލާ ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގައި މި ސިނާޢަތް ކުރިއެރުވުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި ސީމަނުންގެ ޙައްޤުގައި އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް އަދި ކުރަންޖެހޭ ކަމެއް ކުރުމުގައި، ސާބިތު ކަމާއެކު ފަސްނުޖެހި ދެމި ހުންނާނެކަމުގެ ޔަޤީންކަން މިނިސްޓަރ ނަހުލާ ވަނީ ދެއްވާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.