ޔޫއެފާ ކުލަބުލް މުބާރާތް ތަކުގައި އަވޭ ގޯލުގެ އުސޫލަށް ދެން އަމަލް ނުކުރާނެ
ޔޫރަޕުގެ ކްލަބު ފުޓްބޯޅައިގެ މުބާރާތްތަކުގައި މިހާތަނަށް ބޭނުން ކުރަމުން އައި އަވޭ ގޯލު އުސޫލު ބޭނުން ނުކުރަން ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔޫއެފާއިން ނިންމައިފިއެވެ.
މީގެ 55 އަހަރުކުރިން ފެށިގެން ޔޫއެފާއިން އަމަލުކުރަމުން އައި މި ޤަވާއިދަށް އަމަލުކުރުން ހުއްޓާލަން ޔޫއެފާއިން ނިންމާފައިވާއިރު، މި އުސޫލަށް އަމަލު ނުކުރުމަށް ނިންމާފައިވަނީ ޔޫއެފާގެ އެގްޒެކެޓިވް ކޮމިޓީން މަސްވާކުރުނަށް ފަހު އެކަން އެގޮތައް ފާސްވުމުންނެވެ.
ޔޫއެފަަގެ މި ނިންމުމާއެކު ޔޫއެފާއިން އޯގަނައިޒްކޮށްގެން މިހާރު ބާއްވަމުން އަންނަ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު އަދި ޔޫއެފާ ވިމަންސް ޗެމްޕިއަންސް ލީގު މުބާރާތްތައް ދެން ކުރިޔައް ގެންދާނީ އަލަށް ފާސްކުރި މި އުސޫލާއި އެއްގޮތަށެވެ.
ޔޫއެފާއިން މިހާރު އަމަލުކުރަން ނިންމާފައިވާ މި އުސޫލާއި އެކު ހޯމް އެންޑް އަވޭ ގައި ޖަހާފައިވާ ގޯލުތަކަށް ބެލުމެއް ނެތި ނަތީޖާ އެއްވަރުވެއްޖެ ނަމަ ދެން ކުޅޭނީ އިތުރު ވަގުތަށެވެ. އިތުރު ވަގުތަށް ގޮސްގެން ވެސް ނަތީޖާ އެއްވަރު ނަމަ ދެން ނަތީޖާ ނެރުމަށް ދާނީ ޕެނަލްޓީއަށެވެ. ޕެނަލްޓީ ޖަހައިގެން ކުރި ލިބޭޓީމެއް މޮޅުވާ ގޮތަށެވެ.
ޔޫއެފާއިން ބުނެފައިވާ ގޮތުގައި ހޯމް އެންޑް އަވޭ އުސޫލުން ޖަހާ ގޯލުތަކަށް ނުބަލާ ގޮތައް ހަމަ ޖެއްސި މި އުސޫލުގެ ދަށުން ހޯމް އެންޑް އަވޭ މެޗުތައް ވެސް ނުކުޅޭގޮތައް އުސޫލު އެކުލަވާލުމަށް ދަނީ މަސްވަރާތައް ކުރެވެމުންނެވެ.