އެންމެ ގިނަ ދުވަހު ކޯވިޑް ޖެހިފައި ހުރީ އިނގިރޭސި ރައްޔިތަކަށް، 43 ފަހަރު ޕޮސިޓިވްވި

އެންމެ ގިނަ ދުވަހު ކޯވިޑް-19 އަށް ފަރުވާ ހޯދި މީހެއްގެ ގޮތުގައިި ބެލެވިފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެފި އެވެ.

އުމުރުން 72 އަހަރުގެ ޑޭވް ސްމިތަށް ކޯވިޑް ޖެހިގެން ރަނގަޅު ނުވެ 10 މަސް ދުވަސް ހޭދަވި ކަމަށް ވެއެވެ. އަދި އެ މުއްދަތުގައި އޭނާ ކޯވިޑުން ރަނގަޅުވިތޯ ބަލަން ކުރި4 3 ޕީސީއާރު ޓެސްޓު ޕޮސިޓިވްވި ކަމަށް އެ ފަރާތްތަކުން ބުނެފައިވެ އެވެ.

އިޝްތިހާރު Below Header ad

އެކަމަކު އެ މުއްދަތުގައި އޭނާގެ ހާލު ސީރިއަސްވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުނީ އެންމެ ހަތް ފަހަރު އެވެ. އެހެން ނޫނީ މުޅިންވެސް ގޭގައި ކަރަންޓީންގައި ހުރި ޑޭވް ބުނެފައިވަނީ އަމިއްލަ ޖަނާޒާ ބާއްވަން ތައްޔާރު ކުރުމަށް އެތައް ފަހަރަކު އާއިލާ ކައިރީ އެދުނު ކަމަށް ބުނެ އެވެ.

ޑޭވް ބުނީ މާ ގިނަ ދުވަހު ކޯވިޑް ޖެހިފައި ހުރުމުން ދެން އޭނާ ދުނިޔޭގައި ހުންނަ މުއްދަތު ހަމަވީކަމަށް އެތައް ފަހަރަކު ހިތަށް އެރި ކަމަށެވެ. އޭނާ އާއި އެކު ކަރަންޓީންގައި ހުރި އަންހެނުން ލިންދާވެސް ބުނެފައިވަނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހަކީ އެމީހުންނަށް އިހުސާސް ކުރަން ނޭނގޭ ކަންކަން ހިނގާދިޔަ އަހަރެއް ކަމަށާއި ކިތަންމެ ފަހަރަކު ފިރިމީހާ ދުނިޔެއާ ވަކިވެ ދަނީ ކަމުގެ އިހުސާސް ކުރެވުނު ކަމަށެވެ.

ޔުނިވާސިޓީ އޮފް ބްރިސްޓޯލްގެ އިންފެކްޝިއަސް ޑިޒީސަސް އިން ބުނެފައިވަނީ އޭނާގެ ހަށިގަނޑު ތެރޭގައި ކޯވިޑް-19 10 މަސް ވަން ވަންދެން އެކްޓިވްކޮށް އުޅުނު ކަމަށެވެ. އެ ޔުނިވާސިޓީން ބުނީ ޑޭވްގެ ހަށިގަނޑުގެ ތެރޭގައި އުޅެނީ ކުރިން ކޯވިޑް ޖެހުމުން ހުރި ބާކީ މަރުވެފައި ހުރި ވައިރަސްތޯވެސް ޗެކް ކުރި ކަމަށެވެ.

އެކަމަކު ނަތީޖާ ދެއްކީ އޭނާގެ ހަށިގަނޑުގައި އެކްޓިވްކޮށް ވައިރަސް އުޅޭ ކަމަށް ބުނެފައިވެ ވެއެވެ.

ޑޭވް ރަނގަޅުވީ 305 ދުވަހުގެ ފަރުވާއަށް ފަހު އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.