ޔޫރޯ 2020: ރޮނާލްޑޯގެ ރެކޯޑު ހެދިއިރު، ފްރާންސާއި ޖަރުމަނު އަދި ޕޯޗުގަލް ދެވަނަބުރަށް

ޔޫރޯ 2020 ފުޓުބޯޅަ މުބާރާތުގް ގްރޫޕު އެފްގެ ފަހު މެޗުތައް ރޭ ކުޅެ ނިމުނުއިރު، އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް އާއި ފްރާންސް އަދި ޖަރުމަނު ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރޭ ޕޯޗުގަލް އާއި ފްރާންސް ބައްދަލުކުރިއިރު މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އަދި ހަންގޭރީ އާއި ޖަރުމަނު ކުޅުނު މެޗުވެސް ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

އިޝްތިހާރު Below Header ad

މި ނަތީޖާއާއެކު މި ގްރޫޕުގެ އެއްވަނަ ލިބެނީ 5 ޕޮއިންޓާއެކު ފްރާންސަށެވެ. ދެވަނަައިގައި އޮތް ޖަރުމަނު އަދި ތިންވަނައިގައި އޮތް ޕޯޗުގަލް އަށް ހަތަރު ޕޮއިންޓް ލިބޭއިރު ޖަރުމަނު ދެވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ.
މި ގްރޫޕުގެ ފުލުގައި ދެ ޕޮއިންޓާއެކު އޮތް ހަންގޭރީ ވަނީ މުބާރާތުން ކަޓާފައެވެ.

ޕޯޗުގަލް އާއި ފްރާންސް ބައްދަލުކުރި މި މެޗުގައި ޕޯޗުގަލްއިން ޖެހި ދެ ލަނޑުވެސް ޖަހާފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ދެ ލަނޑަކީވެސް ޕެނަލްޓީގައި ޖެހި ދެ ލަނޑެވެ. މި މެޗުގައި ފްރާންސްއިން ޖެހި ދެ ލަނޑު ޖަހާފައިވަނީ ކަރީމް ބެންޒެމާއެވެ. ބެންޒެމާ ޖެހި ދެ ލަނޑުގެ ތެރެއިން އެއް ލަނޑަކީ ޕެނަލްޓީ ލަނޑެކެވެ.

ޖަރުމަނު ދެވަނަބުރަށް ދިޔައީ ހަންގޭރީއާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން މެޗު އެއްވަރުވުމާއެކު އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.